މުލަކު ކައުންސިލުން އެރަށު ސްކޫލަށް މާލީ އެހީގެ ގޮތުގައި 250،000 ރުފިޔާ

މ. މުލަކު ކައުންސިލުން އެރަށު ސްކޫލަށް މާލީ އެހީގެ ގޮތުގައި 252،000 ރުފިޔާ ދީފިއެވެ. މިއީ ކުރީ އަހަރުތަކުގައި އެހީގެ ގޮތުގައި ފޯރުކޮށްދިން އަދަދަށްވުރެ ބޮޑު އަދަދެކެވެ.

މުލަކު ކައުންސިލުގެ ރައީސް އަޙްމަދު ޖަމާލު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލަށް ދިން އެހީގެ ތެރޭގައި ހިމެނެނީ ސްކޫލުގެ ތަރައްޤީއަށް ސްކޫލުން ހުށައަޅާ ޕްރޮޕޯސަލްގެ މައްޗަށް ބިނާކޮށް އެހީގެ ގޮތުގައި ދޭ ފައިސާއާއި އެ ރަށުގެ ތަރައްޤީގެ ޕްނޭނުގައި ފާހަގަކޮށްފައިވާ ހަރަކާތްތައް ސްކޫލާ ގުޅިގެން ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ކަމަށެވެ.

ސްކޫލުން ހުށައަޅާ ޕްރޮޕޯސަލުގެ މައްޗަށް ބިނާކޮށް މީގެ ކުރިން ދެމުން އައީ 50،000 ރުފިޔާގެ މާލީ އެހީއެކެވެ. އެ އަދަދު 100،000 ރުފިޔާއަށް މި އަހަރު ބޮޑުކޮށްފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އެ ރަށު ސްކޫލާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށާއި ރަށުގެ ތައުލީމީ ހާލަތު އެއް އަހަރުން އަނެއް އަހަރަށް ރަނަގަޅު ވަމުން ދިއުމަކީ އެހީ ބޮޑުކުރަން ޖެހުނު އެންމެ މުހިންމު ސަބަބު ކަމަށެވެ.

"އޭލެވެލްގެ ފުރަތަމަ ބެޗް ނިމިގެން ދިޔައިރު ނަތީޖާވެސް ރަނގަޅު. އެއް ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނުނުއިރު އެހެން ކުދިންގެ ނަތީޖާވެސް ރަނގަޅު" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އަތޮޅުގެ ނިސްބަތުން ބަލާއިރުވެސް މުލަކު ސްކޫލުން އަންނަނީ ރަނގަޅު ނަތީޖާއެއް ދަމަހައްޓަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *