30 ކުދިންނާއެކު ކުޑަ ވޯކްޝޮޕެއްގައި ފެށި މަސައްކަތް އިންޑިޔާގެ އެކި ސަރަހައްދުގައި 800 އެއްހާ ސެންޓަރަށް ފުޅާކޮށް، މިލިއަނެއްހާ ފަގީރު ކުދިންނަށް ތައުލީމު ފޯރުކޮށްދީފައިވޭ
އެއްމިލިއަން ޑޮލަރުގެ "ގްލޯބަލް ޓީޗަރ ޕްރައިޒް" މި އަހަރު ލިބުނީ އިންޑިޔާގެ ރޫބަލް ނާގީއަށެވެ. ދުބާއީގައި ބޭއްވި ވާލްޑް ރޫބަލް ނާގީ މި އެވޯޑާ ހަވާލުކުރީ ޔޫއޭއީގެ ދުބާއީގައި ބޭއްވި ވޯލްޑް ގަވަމެންޓްސް ސަމިޓްގެ ތެރެއިންނެވެ. މި އެވޯޑާއެކު އެއް މިލިއަން ޑޮލަރު އޭނާއަށް ލިބުނެވެ.

ރޫބަލް ނާގީ އާޓް ފައުންޑޭޝަނުން ވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި 800 އަށް ވުރެ ގިނަ ލާނިން ސެންޓަރު ގާއިމްކޮށްފައެވެ. އަދި ސްކޫލަށް ދާ ކުދިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. ނާގީ ވަނީ ލިޓްރަސީ އާއި ސައިންސް އާއި ހިސާބު އަދި ތާރީހު ފަދަ މާއްދާތައް ދަސްކުރަން ފަސާހަވާ ގޮތަށް ފާރުތަކުގައި ވެސް ލިޔެފައެވެ.
މި އެވޯޑާ ހަވާލުވުމަށްފަހު ރޫބަލް ބުނީ، އެ އިނާމަކީ އޭނާއަށާއި އިންޑިއާއަށް ލިބުނު ޝަރަފެއް ކަމަށެވެ. މީގެ 24 އަހަރު ކުރިން 30 ކުދިންނާ އެކު ކުޑަ ވޯކްޝޮޕެއްގައި ފެށި އޭނާ މިހާރު މިލިއަނަށް ވުރެ ގިނަ ކުދިންނާ ހަމައަށް ވާސިލްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި ކޮންމެ ފިޔަވަޅަކީ ވެސް އިންޑިއާގެ ކޮންމެ ކުއްޖަކު ސްކޫލަށް ގެންގޮސް ދިނުމަށް ހިތްވަރު ލިބުނު ކަމެއް،" ރޫބަލް ބުންޏެވެ.
"އަހަރެން ކުޑައިރު ކޮންމެ ކުއްޖަކު ވެސް ސްކޫލަށް ދާތަން ފެނުމަކީ އަހަރެންގެ ހުވަފެނެއް، އަދި ބޮޑުވަމުން އަންނަ ވަރަކަށް އެ މަސައްކަތް ހާސިލް ކުރަން ލިބުމަކީ ވަރަށް ހިތްދަތި ތަޖުރިބާއެއް،" އޭނާ ބުންޏެވެ.
މި އިނާމު ދެނީ މިސްރު، ގަތަރު އަދި ޔޫއޭއީގައި އެތައް ސްކޫލެއް ހިންގާ ޖެމްސް އެޑިއުކޭޝަން ފައުންޑޭޝަނުންނެވެ.
ގްލޯބަލް ޓީޗާ ޕްރައިޒް ވެބްސައިޓްގައި ޝާއިއު ކުރި ބަޔާނެއްގައި ރޫބަލް ނާގީ ސިފަކޮށްފައި ވަނީ، ކިޔަވައިދިނުމުގައި ހުރި ހިތްވަރާއި އުފެއްދުންތެރިކަމާއި، ހަމްދަރުދީގެ އިތުރުން ކޮންމެ ކުއްޖެއްގެ ގާބިލްކަމާ މެދު އޮންނަ އިތުބާރު ދަމަހައްޓައިދޭ މީހެއްގެ ގޮތުގައެވެ.

"އެންމެ ހަވާސާ ވެފައިވާ މުޖުތަމައުތަކަށް ތައުލީމު ފޯރުކޮށްދީ، ވަކިވަކި ފަރުދުންގެ ދިރިއުޅުން ބަދަލުކޮށް، އާއިލާތަކާއި މުޖުތަމައުތައް އޭނާގެ މަސައްކަތުން ބާރުވެރިކޮށްދީފައިވޭ،" އެ ބާޔާނުގައި ބުނެފައިވެއެވެ.
ނާގީގެ ވިސްނުން ހުރީ އޭނާއަށް ލިބުނު އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ހިލޭ ތައުލީމު ފޯރުކޮށްދޭ ވޮކޭޝަނަލް ޓްރެއިނިންގ އިންސްޓިޓިއުޓެއް ބިނާ ކުރުމަށެވެ.
ޔުނެސްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ފޯ އެޑިއުކޭޝަން، ސްޓެފާނިއާ ޖިއާނީނީ ވިދާޅުވީ، ނާގީގެ އިނާމަކީ "ޓީޗަރުންގެ މުހިންމު ހަގީގަތް" ކަމަށެވެ. އިނާމު ދޭ ވެބްސައިޓްގައި ޝާއިއު ކުރި ޕޯސްޓެއްގައި ޖިއާނީނީ ވިދާޅުވީ، ޔުނެސްކޯ ފަދަ ޓީޗަރުން ގްލޯބަލް ޓީޗާ ޕްރައިޒްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ނާގީ އަކީ 2015 ވަނަ އަހަރު އެ ފައުންޑޭޝަނުން ދޭން ފެށި މި އެވޯޑު ހޯދި 10 ވަނަ ޓީޗަރެވެ.
މީގެ ކުރިން ގްލޯބަލް ޓީޗާ ޕްރައިޒް ހާސިލްކުރި މީހުންގެ ތެރޭގައި އޭނާގެ އާމްދަނީގެ ބޮޑު ބައެއް ފަގީރުންނަށް ހަދިޔާ ކުރި ކެންޔާގެ ޓީޗަރަކާއި ފަލަސްތީނުގެ ޕްރައިމަރީ ސްކޫލްގެ ޓީޗަރަކާއި އިނިއުޓްގެ ދަރިވަރުން ދިރިއުޅޭ އާކްޓިކް ވިލެޖެއްގައި ކިޔަވައިދިން ކެނެޑާގެ ޓީޗަރެއް ހިމެނެ އެވެ. މިދިޔަ އަހަރު ސައޫދީ އަވަށުގެ ފަގީރުންނާ އެކު މަސައްކަތް ކުރެއްވި ސައޫދީ އިލްމުވެރިޔާ މަންސޫރު އަލް މަންސޫރު ވަނީ މިދިޔަ އަހަރު އެވޯޑު ހާސިލްކޮށްފަ އެވެ.
ޖެމްސް އެޑިއުކޭޝަން ނުވަތަ ގްލޯބަލް އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ސްކޫލް އޮޕަރޭޓަރެވެ.
advertisment
ހިޔާލު