ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒް ނިޒާމެއް

ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒް ނިޒާމެއް މި އަހަރުގެ ތެރޭގައި ޤާއިމްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، މީގެ ސަބަބުން ރިއަލްޓައިމްގައި ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ނިންމުންތައް އެކަށައަޅާ ތަންފީޒްކުރަން ފެށޭނެ ކަމަށެވެ. އެކަން ކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ ކަމަށް ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން މިހާރުވެސް ކުރިއަށް ގެންދެއެވެ. ކިޔަވައި ދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އޭގެތެރޭގައި ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *