ސީއެޗްއެސްއީ މާލޭގެ އާ އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސްއަށް

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، (ސީއެޗްއެސީ) މާލެއަށް އިތުރުކުރާ ބައިގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

ސީއެޗްއެސްއީ މާލޭގެ ދެކުނު ފަރާތުގައި އޮތް ހުސްބިމުގައި 7 ފަންގިފިލައަށް އިމާރާތް ކުރާބައިގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 51.6 މިލިޔަން ރުފިޔާއަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު، އަހުލާމް ރުޝްދީއެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާއަށް، ސީއެޗްއެސީ މާލޭގެ ދެކުނު ފަރާތުގައި އޮތް ހުސް ޖާގައިގައެވެ.

މި އިމާރާތުގައި ހުންނާނީ، 15 ކުލާސްރޫމާއި 4 ސައިންސް ލެބާއި ސްޓާފް ރޫމަކާއި ލީޑިން ޓީޗަރުންނަށް ޚާއްޞަ ރޫމެއްގެ އިތުރުން އެޑްމިނިސްޓްރޭޝަން އޮފީހެކެވެ.

ސީއެޗްއެސްއީ  މާލެއަށް އިތުރުކުރާ ބަޔާއެކު އެ ސްކޫލުގެ ޖާގަ ދެގުނަވެގެންދާނެއެވެ. އެއާއެކު އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލުން ޖާގަ ލިބިގެންދާނެއެވެ.

ސީއެޗްއެސްއީ މާލެ އަލުން ހުޅުވި، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު  މަހުގެ އެއްވަނަ ދުވަހުއެވެ. ކިޔެވުން ފެށީ 800 އާ ކައިކުރާ އަދަދެއްގެ ދަރިވަރުންނާއެކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *