މަތީ ތަޢުލީމުގެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް "ކުރި" މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

މަތީ ތަޢުލީމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ މަޤްޞަދުގައި "ކުރި" ޕޯޓަލް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. މި ޕޯޓަލް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕޯޓަލްއަކީ މަތީ ތަޢުލީމީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ، މިއީ ޒިންމާދާރުކަމާއެކު ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ނިޒާމަކަށް "ކުރި" ޕޯޓަލް ވާނެ ކަމަށެވެ.

"ކުރި" ޕޯޓަލް ނިޒާމުގެ ސަބަބުން ލިޔެކިޔުންތައް ފުރިހަމަކުރުން ހަރުދަނާވެ ލަސްވުމެއްނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ" ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

"ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ކުރި ނިޒާމުން ވަގުތުން ބަލާލެވޭނެ. ސްކޮލަރޝިޕްތަކަށާއި ފަންޑިން ސްކީމްތަކަށް ޝަރުތުހަމަވޭތޯ ބެލުމުގައި މިހާރު ހޭދަވާ ދިގު އިންތިޒާރަށް މި ނިޒާމުން ނިމުން ގެނުވާނެ"

ސްކޮލަރޝިޕްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް ޕޯޓަލް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *