މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ 2026″ގެ ޕާޓްނަރަކަށް މި އަހަރުވެސް އެލައިޑް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ 2026″ގެ ޕާޓްނަރަކަށް މި އަހަރުވެސް އެލައިޑް އިންޝުއަރަންސްއިން ބައިވެރިވެއްޖެއެވެ.

ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ 2026″ ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އިސްމާޢީލް ނަވީނެވެ. މި ޕާޓްނަޝިޕަކީ މުޖުތަމައުގެ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާ އަދާކުރުމުގައި އެލައިޑުން ދަމަހައްޓަމުންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރިއަށް ގެންދެވޭ މި މަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް އެލައިޑުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މި ކެމްޕޭނުގައި 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ބައިވެރިވަމުންނެވެ.

41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަސްލު ނުގެއްލޭނޭހެން އެ ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު މިވަނީ ރަސްމީކޮށްވަނީ ދައްކާލާފައެވެ.

އަދި އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ވަނީ ޙާއްސަ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަންއެއް އިއުލާންކޮށްފައެވެ. މިޕްރޮމޯޝަންގައި 25 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަންގަވާ ފަރާތްތަކަށް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ފެބްރުއަރީ 2026 އިން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، ޕޮލިސީ ނަންގަވާ ފުރަތަމަ 41 ބޭފުޅުންނަށެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *