ޗައިނާގައި ބޭއްވި ސައިންސާއި ހިސާބަށް ޚާއްޞަ އޮލިމްޕިއާޑް މުބާރާތްތަކުން ބްރައިޓްވޭގެ ދަރިވަރުންނަށް 16 މެޑަލް

ސިމްސީސީ ސިންގަޕޫރުން އިންތިޒާމުކޮށްގެން ޗައިނާގެ ޝެންޒެންގައި ކުރިއަށް ގެންދިޔަ "ސްޓީމް އަހެޑް 2025″ ގައި ކުރިއަށް ގެންދިޔަ މުބާރާތްތަކުގައި ބައިވެރިވެ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން 16 މެޑަލް ހޯދައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 12 އިން 18 އަށެވެ.

ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިންއާއި އާޓްސް އަދި މެތަމެޓިކްސް (ސްޓީމް) ގެ ދާއިރާތަކުން އެޑްވާންސްޑް އެކަޑަމިކް މުބާރާތްތަކާއި އެންރިޗްމަންޓް ހަރަކާތްތަކުގައި އެކި ގައުމުތަކުގެ ދަރިވަރުން ވާދަކުރިއެވެ. ސްޓީމް އަހެޑް 2025 ގައި ބްރައިޓްވޭގެ ދަރިވަރުން މި އޮލިމްޕިއާޑްތަކަށް ކޮލިފައިވީ އެސްއައިއެމްސީސީން ކުރިއަށް ގެންދިޔަ ޕްރިލިމިނަރީ އަދި ސިލެކްޝަން ރައުންޑުގެ ތެރެއިންނެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ވަނީ ވަންޑާ އިންޓަރނޭޝަނަލް ޖޫނިއަރ ސައިންސް އޮލިމްޕިއާޑް އާއި އިންޓަރނޭޝަނަލް ޖޫނިއަރ މެތަމެޑިކަލް އޮލިމްޕިއާޑް (އައިޖޭއެމްއޯ) އިން ޖުމްލަ 16 މެޑަލް ހޯދާފައެވެ. އެއީ ތިން ރަން މެޑަލާއި ހަ ރިހި މެޑަލާއި ހަތް ރަންވަން ލޯ މެޑަލެވެ.

ވިޖޭއެސްއޯ އިން ދަރިވަރުންގެ ސައިންޓިފިކް ވިސްނުން ދިރާސާ ކުރަނީ އިންކުއަރީ ބޭސްޑް އަދި އެޕްލިކޭޝަން ފޯކަސް ޗެލެންޖްތަކުގެ ތެރެއިންނެވެ.

ބްރައިޓްވޭގެ ދަރިވަރުން ވަނީ ސިންގަޕޫރުގައި ބާއްވާ މިފަދަ މުބާރާތްތަކާއި ސްކޮލަރސް ކަޕްގައި ވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *