އަހަރު ދުވަހަށް ދެމިގެންދާގޮތަށް "ބިންގާ"ގެ ނަމުގައި ތަރުބަވީ ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމައި، އެ ޕްރޮގްރާމުގެ މަސައްކަތް ކުރިއަށް ގެންދަން ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވެއިވާ ގޮތުގައި، ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ތަޢުލީމީ، ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ ޢިލްމާއި، ހުނަރާއި ސިފަތަކުގެ ތެރެއިން ކޮންމެ ކުއްޖަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުންކަމުގައި ވީހިނދު ކުލުނުވެރި، އޯގާތެރި އެކަކު، އަނެކަކަށް. އިޙްތިރާމްކުރާ ޒިންމާދާރު ޚުލްޤުހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ ރަސްމީ، ތަޢުލީމީ، ނިޒާމުގެ ތެރެއިން ހާއްސަ އިސްކަމެއްދީގެން ކުރަންޖެހޭ ކަމެކެވެ.
ތީމް ތަކަކަށް، ބަހާލައިގެން މުޅިއަހަރު ދުވަހަށް ދެމިގެންދާގޮތަށް، ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރުބަވީ، ޚާއްޞަ ޕްރޮގްރާމް، "ބިންގާ" އަކީ ރިވެތި ސިފަތަކާއި، އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މާތް މަގުސަދުގައި ސްކޫލާއި ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމެކެވެ.

މި ސާކިއުލާގައި މިނިސްޓަރު އެދިވަޑައިގެންފައި ވަނީ އެ ސްކޫލަކުން ކުރަންޖެހޭ ކަންތައްތައް އެ ސްކޫލަކުން ކުރިއަށް ގެންދިޔުމަށެވެ.
"ބިންގާ" ޕްރޮގްރާމްގެ ހަރަކާތްތައް ކޮންމެ މަހަކަށް ހާއްސަކޮށް ތީމެއް ކަނޑައަޅާއިރު، މި ޕްރޮގްރާމުގެ ފުރަތަމަ ތީމަކަށް ހަމަޖއްސާފައި ވަނީ، "ޝުކުރުވެރިވުން"އެވެ. ކޮންމެ މަހެއް ފެށުމުގެ ކުރިން އެމަހަކަށް، ކަނޑައަޅާފައިވާ ތީމް، ސްކޫތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާނެއެވެ.
ބިންގާ ޕްރޮގްރާމް ވިލަރެސްކުރުމަށް ހާއްސަ، ކޮމިޓީއެއް އެޑިޔުކޭޝަން މިނިސްޓްރީން ވާނީ އެކުލަވާލާފައެވެ. ކޮންމެ މަހަކަށް ހާއްސަ ތީމް ކަނޑައެޅުމާއި ކަނޑައެޅި ތީމްއާއި، އެތީމްއާއި ގުޅޭގޮތުން ކުރިއަށް ގެންދާނޭ ހަރަކާތްތައް ސްކޫލުތަކާއި ހިއްސާކުރުމާއި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެހީތެރިވުމާއި ޕްރޮގްރާމް ކުރިއަށްދާގޮތް ވަޒަންކުރުމުގެ ޒިންމާ ސްކޫލުތަކާއި ގުޅިގެން އަދާކުރާނީ އެ ކޮމިޓީންނެވެ. ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ދީނީ ވާޖިބުތަކާއި، އަޚްލާޤީ ރިވެތި ސިފަތަކާއި އާދަތަކަށް އަހުލުވެރިކުރުވުމަށް، އަމާޒުކޮށް ކޮންމެ ސްކޫލަކުންވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން، އިޙްތިރާމުކުރުމާއި ޒިންމާނެގުމާއި ސާފުތާހިރުކަމާއި،، އަޅާލުމާއި، އޯގާތެރިކަން އިސްކުރުންފަދަ، ރިވެތި ސިފަތަކާއި އާދަތައް ދަރިވަރުންގެ ކިބައިގާ އަށަގެންނެވުން ހިމެނެއެވެ.

މިދެންނެވި ރިވެތި ހުރިހާ ސިފަތަކާއި އާދަތަކެއް ޝާމިލުވާ، އިސްލާމްދީނުގައި، ޙާއްޞަ އިސްކަމެއް ދީފައިވާ އަޅުކަމަކީ، ނަމާދަށް ވީހިނދު، ފަރުޝު ފަސްނަމާދަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދާ،، ދަރިވަރުންނަކީ، ފަރުޝު ފަސްނަމާދު އަދާކުރާ ބަޔަކަށް ހެދުމަށް މި ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ މަސައްކަތްތަކެއް ކުރަންވާނެ ކަމަށް މި ޕްރޮގްރާމު ކުރިއަށް ގެންދަން އެކުލަވާލައި ސްކޫލްތްކަށް ފޮނުވި އުޞޫލުގައި ބަޔާންކޮށްފައިއެވެ.
ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ތީމް ތަޢާރަފް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ނުވަތަ އެމަހެއްގެ "ތީމްއަކާއިގުޅޭ ބޮޑު ހަރަކާތެއް، މީޑިއާކެމްޕެއިނަކާއެކު "މިނިސްޓްރީން ކުރިއަށް، ގެންދާން ނިންމާފައިވެއެވެ.
ބިންގާ ޕްރޮގްރާމް ސްކޫލުތަކުގައި ކުރިއަށް ގެންދިއުމުގެ އެންމެ، އިސްދައުރެއް، އަދާކުރާނީ އެސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ އެވަގުތެއްގައި އެ ސްކޫލެއް. ހިންގުމާއި ހަވާލުވެ ހުންނަވާ އެންމެ އިސްފަރާތެކެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ސްކޫލުތަކުގައި ހިންގުމަށް، މުޅި ސްކޫލާއި ސްކޫލު ޝާމިލުވާ މުޖުތަމަޢުގެ ބައިވެރިވުން ކަށަވަރުކޮށް، އެމަހެއްގެ ތީމްއަކާއި ގުޅޭގޮތުން ސްކޫލުތަކުގައި ކުރިއަށް ގެންދާނޭ ހަރަކާތްތައް ކަނޑައަޅާނީ، އެސްކޫލެއްގެ ސީނިއަރ މެނޭޖްމަންޓުގެ ޓީމަކުންނެވެ.

ސްކޫލުން ރާވާ ހަރަކާތްތަކުގެ އިތުރުން ކޮންމެ މަހަކަށް ކަނޑައަޅ ތީމްއާއި އެތީމްއާއި، "ގުޅުންހުރި މެސެޖުތައް ސްކޫލުގެ ގޯތިތެރެއިން" ފެންނަގޮތަށް ޑިސްޕްލޭކުރުމާއި ކޮންމެ މަހަކަށް ކަނޑައަޅާ ތީމް ތައާރަފް ކުރުމަށް "ސްކޫލުތަކުގައި ކޮންމެ މަހަކު ޙާއްޞަ އެސެމްބްލީއެއް ބާއްވައި އެ ސެމްބްލީ ތަކުގައި ތީމްއާއި، ގުޅޭ ގޮތުން، ވާހަކަދެއްކުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުމާއި ރަށުފެންވަރުގެ ޕެނަލްޑިސްކަޝަންއެއް ނުވަތަ ކޮމިއުނިޓީ ބައިވެރިކޮށްގެން ބާއްވާ އެފަދަ ބޮޑުހަރަކާތެއް ކުރިއަށް، ގެންދަން ބުނެފައިވެއެވެ.
ކޮންމެ މަހެއްގެ ތީމްއަކާއި ގުޅޭ ގޮތުން، ގޭތެރޭގައާއި މުޖުތަމަޢުގައި އުޅޭއިރު ކުރެވޭނެ ކަންތައްތައް ބެލެނިވެރިންނާއި އަރިވަރުންނަށް އަންގައިދިނުމާއި ކޮންމެ މަހަކަށް ކަނޑައަޅާ ތީމްއާއި ގުޅޭ ގޮތުން ސްކޫލުން ހިންގާ ހަރަކާތްތައް އެސްކޫލެއްގެ މީސްމީޑިއާ އާ މަންސަ ތަކުގައި ހިއްސާ ކުރަމުން ގެންދަން އިރުޝާދު ދީފައިވެއެވެ.


advertisment
ހިޔާލު