ހަތް ދާއިރާއަކަށް އަމާޒުކޮށް "އައިޔޫއެމް 2030″ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްފި

"އައިޔޫއެމް 2030″ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްފިއެވެ. 2026 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު މުޖުތާޒެވެ.

އައިޔޫއެމްގެ 2030 ޕްލޭން ތައްޔާރުކޮށްފައިވަނީ ނިމުނު ފަސް އަހަރުގެ ޕްލޭން ރިވިއު ކުރުމަށްފަހުއެވެ. އެކަމުގައި ސްޓްރެޓެޖިކް ޕްލޭނިންގ ކޮންސަލްޓަންޓެއްގެ ގޮތުން މެލޭޝިއާގެ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. އަބްދުލް އަޒީޒް ބަރުގޫޠެވެ.

ކުރީގެ ޕްލޭންތަކާ ޚިލާފަށް ޤައުމީ ތަރައްޤީގެ އިތުރުން އުއްމަތަށް، ދުނިޔޭގެ ތަރައްޤީއަށް އެހީތެރިވުމަށްޓަކައި ކަނޑައެޅި ހަތް ދާއިރާގެ ލަނޑުދަނޑިތަކާ ވާނީ ގުޅުވާލާފައެވެ. ހަތް ދާއިރާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ލީޑިންގ" ފުރޭމްވާރކްގައި ހިމެނެނީ:

  • އިންޓަރނޭޝަނަލް ޕޮޒިޝަނިންގ
  • އެކްސެލަންސް އިން އެޑިޔުކޭޝަން
  • އެކްސެލެންސް އިން ރިސަރޗް، ކޮންސަލްޓެންސީ އެންޑް ޓްރެއިނިންގ
  • ކޮމިޓްމެންޓް ޓު ނޭޝަން ބިލްޑް
  • ޑިޖިޓަލް ޓްރާންސްފޯމޭޝަން އެންޑް މޮޑަރން އިންފްރާސްޓްރަކްޗަރ
  • ގަވަރނަންސް، ލީޑަރޝިޕް އެންޑް ޓެލެންޓް ޑިވެލޮޕްމަންޓް
  • ފައިނޭންޝިއަލް އިންޑަޕެންޑެންސް އެންޑް ސަސްޓެއިނަބިލިޓީ

އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ ބާރު ދުވެލީގައި ދުނިޔެ ކުރިއަރަމުން ދާއިރު އިސްލާމީ ޔުނިވަރސިޓީން 2026ވަނަ އަހަރުން ފެށިގެން 2030ވަނަ އަހަރާ ހަމައަށް އަމަލުކުރާނެ ސްޓްރެޓީޖިކް ޕްލޭނެއް އޮތުން މުހިންމު ކަމަށެވެ. އިސްލާމް ދީނުގައިވެސް ކަންކަން ރޭވުމަށް ބާރު އަޅުއްވާ ކަމަށާއި ވަކި މިސްރާބެއް އޮވެގެން މަސައްކަތް ކުރުމުން ކާމިޔާބީއަށް ވާސިލްވުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސްޓްރެޓީޖިކް ޕްލޭނާއެކު ސްމާޓް ކެމްޕަހެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޔުނިވަރސިޓީއަށް މަޖުބޫރުވެގެންދާނެ ކަމަށާއި މިހާރު ނެތް އެތައް ވަސީލަތެއް ޤާއިމްކޮށް، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ ވިސްނުމާއި ފިކުރު ބައްޓަން ކުރާނެގޮތަށް ޕްލޭން އެކުލަވާލާފައިވާ ކަމަށެވެ.

ޑރ. އަލީ ޒާހިރު ވިދާޅުވީ، ބައިނަލްއަޤުވާމީ އެހެން ޔުނިވަރސިޓީތަކާ އެއް ހަމައެއްގައި ތިބުމަށް ވެސް  ސްޓްރެޓީޖިކް ޕްލޭނުން މަގުފަހިވެގެންދާނެ ކަމަށެވެ. އެ ގުޅި ލާމެހިފައި ވަނީ ކިޔަވައިދިނުމާއި ރިސަރޗް ހެދުމާއި ޔުނިވަރސިޓީން ފޯރުކޮށްދޭ ތަފާތު އެކި ވަސީލަތްތަކާއި ޚިދުމަތްތަކުގެ މައްޗައް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *