ދ. އޭއީސީގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މާލޭ ރޮޓަރީ ކުލަބުން ޒަމާނީ ކުލާސްރޫމެއް

ރޮޓަރީ ކްލަބް އޮފް މާލޭގެ ފަރާތުން ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ކްލާސްރޫމެއް ތައްޔާރުކޮށްދީފިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ މީގެ ހަ އަހަރު ކުރިން ފަންނު ދަތުރަށް ކުރި ޒިޔާރަތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ތައުލީމު ހާސިލް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ރޮޓަރީ ކުލަބުގެ އާއިލާ އަށް، ފެނިގެންނެވެ. މި ހާދިސާއާ ގުޅިގެން އެ ކްލަބުން ވަނީ ރައްކާތެރިކަމާއެކު ތަރުބިއްޔަތުކޮށް އުނގެނުމުގެ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތް ކޮށްދީފައެވެ.

ދ. އޭއީސީގެ "އުއްމީދު" ކުލާހުގައި ކިޔަވާ ދަރިވަރުންނަށް މި ކްލާސްރޫމް ތައްޔާރުވުމުގެ ގޮތުން 2025 ވަނަ އަހަރު ރޮޓަރީ ކްލަބުގެ ފަރާތުން 25 ޓީޗަރުންނަށް ޚާއްޞަ ތަމްރީނުތަކެއް ދީފައިވެއެވެ. މި ޕްރޮގްރާމަކީ މެލޭޝިޔާގެ ތަޖުރިބާކާރު ޓްރެއިނަރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން އެ ސްކޫލުގެ ކެޕޭސިޓީ ބިލްޑިންގ ވަރުގަދަވެ، ރޮޓަރީ ކުލަބާއި އެ ސްކޫލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ.

ސްކޫލްގެ ޕްރިންސިޕަލް އަދި ސްޕެޝަލް އެޑިއުކޭޝަން ޓީޗަރުން ފާހަގަކުރި ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން ޓީޗަރުންގެ ހުނަރާއި ކޮންފިޑެންސް ވަރަށް ބޮޑަށް ރަނގަޅުވެ، އުނގެނުމުގައި ތަފާތު ހުންނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އެނގިގެން ދިޔައެވެ.

ރޮޓަރީގެ މެންބަރުންނާއި، އެޑިއުކޭޓަރުން އަދި ކޮމިއުނިޓީ ގުޅިގެން ކޮންމެ ކުއްޖެއްގެ އަގުވަޒަންކޮށް، ކާމިޔާބު ލިބުމުގެ ފުރުސަތު ލިބިދެވޭ ފަދަ އިންކްލޫސިވް، ސަޕޯޓިވް ލާނިން މާހައުލެއް ގާއިމް ކުރެވިދާނެކަން މި ޕްރޮޖެކްޓުން ދައްކުވައިދެއެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު އަސާސަކީ މުޖްތަމައުގެ އަފުރާދުންނާއި ލެނިވެރިންނާއި ޓީޗަރުންނާއި ރޮޓަރީ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުމެވެ.

ރޮޓަރީ ކުލަބުގެ މެންބަރުންނާއި ވޮލަންޓިއަރުންގެ އިޚްލާޞްތެރި މަސައްކަތުން 500،000 ރުފިޔާ މި ޕްރޮޖެކްޓަށް ޚަރަދުކޮށްފައިވެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތައްޔާރު ކުރި ރޫމުގައި ޤާއިމްކޮށްފައި ވަނީ އެ ދަރިވަރުންގެ ކޮގްނިޓިވް ޑިވެލޮޕްމެންޓާއި ސޯޝަލް ޑިވެލޮޕްމަންޓާއި ސެންސަރީއާއި މޮޓޮ ޑިވެލޮޕްމަންޓާއި ފިޒިކަލް ޑިވެލޮޕްމެންޓްގެ ތެރޭގައި ހިމެނޭ (ގްރޮސް މޮޓޯ އަދި ފައިން މޮޓޯރ) އަށް ބޭނުން ކުރާނެ ތަކެއްޗާއި ވަޞީލަތްތަކެވެ.

ދ. އޭއީސީން ބުނީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުރިން ކިޔަވަމުން އައި ކުލާސްރޫމު މަރާމާތުކޮށްދީ، އެ ކުލާސްރޫމަށް ބޭނުންވި ކަބަޑާއި އަދި އެކުދިންނަށް ބޭނުންވާ ސާމާނު ރައްކާކުރާނެ ގުދަނެއް ވެސް މި ޕްރޮޖެކްޓްގެ ތެރޭގައި ހިމަނައިގެބް ރޮޓަރީ ކުލަބުން ހަދާދީފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *