ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފެބްރުވަރީ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތ،ު 11 ފެބްރުވަރީ 2026 ވާ ބުދަ ދުވަހުގެ 14:00 އަށް މިހާރު ވަނީ އިތުރުކުރެވިފައެވެ.
ޖާގަ ހުރި ކޯސްތަކުގެ ލިސްޓު 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހު ޔުނިވަރސިޓީގެ ވެބްސައިޓް ވެބްސައިޓް ގައި ޝާއިޢު ކުރެވޭނެއެވ.ެ އަދި މި ލިސްޓަށް ބަދަލު އަންނަ މިންވަރަކުން ވެބްސައިޓްގައިވާ މަޢުލޫމާތުތައް އަދާހަމަ ކުރެވެމުންދާނެއެވެ. މި ކޯސްތަކަށް އެޕްލިކޭޝަން ފޯމު ބަލައިގަތުން ފެށުމަށް ހަމަޖެހިފައިވަނީ 29 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު
12:00 ގައެވ.ެ ފޯމު ހުށަހަޅަންވާނީ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއ،ި ކޯސްތަކުގެ ޝަރުތުތައް ތިރީގައިވާ ލިންކުން ބައްލަވާލެއްވޭނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމ،ަ ޔުނިވަރސިޓީގެ ކޯސްތަކާބެހޭ ވެބްސައިޓް ނޫނީ އީމެއިލް އަދި 1445 ފޯނުން ވެސް ލިބޭނެ ކަމަށް އެމްްއެންޔޫއިން ބުނެއެވެ.


advertisment
ހިޔާލު