އެސްއެސްސީ އިމްތިހާނުގެ ވަކި މާއްދާއެއްގެ ގޮތުގައި ޤުރްއާން ހިމަނަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މި އަހަރު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ޤުރްއާން މާއްދާ ގެންގޮސް 2027 ވަނަ އަހަރު އިމްތިހާނު ދޭން ނިންމާފައިވާ ކަމަށެވެ.
ދިރާސީ އައު އަހަރުގެ ހިޠާބުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށެވެ. ކޮންމެ ދަރިވަރަކީ ވެސް، ރިވެތި އާދަތަކާއި ސިފަތަކާއެކު އަނެކަކަށް އިހުތިރާމްކުރާ ދަރިވަރުން ތަކަކަށް ހެދުމަށް މި އަހަރު ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަން އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.
އަމިއްލަ އުނގެނުމަށް ޒިންމާވާ ދަރިވަރަކަށް ހުރިހާ ދަރިވަރުންވުމަށާއި އިސްލާމް ދީނަށް ލޯބިކުރާ މައިންބަފައިންނަށް ކިޔަމަންތެރިވެ އެކަކު އަނެކަކަށް އިހްތިރާމްކުރާ ބަޔަކަށް މިނިސްޓަރުގެ ހިޠާބުގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި މުދައްރިސުން ދެކެ ލޯބިވާ އަދި މުދައްރިސުންނަށް އިހުތިރާމްކުރާ ބަޔަކަށް ވުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
މިނިސްޓަރު ވިދާޅުވީ، އާޓިފިޝަލް އިންޓަލިޖެންސް(އޭއައި)ގެ ބޭނުންތެރިކަން މަސައްކަތުގެ މާހައުލުގައި ބޮޑުވެފައިވާއިރު، މިފެށުނު ދިރާސީ އަހަރުވެގެންދާނީ ސްކޫލުތަކުގެ މުދައްރިސުން އޭއައިއަށް އަހުލުވެރި ކުރުވުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ އަހަރަކަށެވެ.
advertisment
ހިޔާލު