2100 ދަރިވަރންނާއެކު ޝަހީދު އަލީ ސްކޫލް ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ޝަހީދު އަލީ ސްކޫލް 2100 ދަރިވަރުންނާއެކު މިއަދު ހުޅުވައިފިއެވެ. މި ސްކޫލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޒެވެ.

މި ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، 2100 ދަރިވަރުން މިހާރު އެ ސްކޫލުގައި ކިޔަވަމުންދާނެ ކަމަށާއި އެ ކުދިންގެ ތެރެއިން 77 އިންސައްތަ ދަރިވަރުން ނިސްބަތްވަނީ އަތޮޅުތަކަށް ކަމަށެވެ. އެހެންވެ އެމަނިކުފާނު ސިފަކުރެއްވީ ޝަހީދު އަލީ ސްކޫލަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލު ކުރާ ޝޯވްކޭހެއްގެ ގޮތުގައެވެ.

ޝަހީދު ސްކޫލުގައި މި ވަގުތު 226 މުވައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ.

ޝަހީދު އަލީ ސްކޫލުގައި 54 ކުލާސްރޫމާއި އޮޑިޓޯރިއަމްއަކާއި ލެބްތަކާއި ޒަމާނީ ހޯލެއް ޤާއިމްކޮށްފައިވެއެވެ. މިއީ ވަށައިޖެހޭ ގޮތެއްގައި ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްކޫލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ނިންމީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *