ސައިކްލިންގ ފެޑެރޭޝަން އޮފް އިންޑިޔާއިން އިންތިޒާމްކޮށްގެން ބާއްވާ ޓްރެކް އޭޝިޔާ ކަޕް 2026 ގައި ބައިވެރިވާ ދެ ދުއްވުންތެރިންނާއި އެއް އޮފިސަލަކު މިއަދު އިންޑިޔާގެ ޗެންނާއީއަށް ފުރާނެއެވެ.
މިމުބާރާތުގައި ދުއްވުމަށް ހަމަޖެހިފައިވާ 12 އިވެންޓުގެ ތެރޭން، މި ދެ ދުއްވުންތެރިން މާކިން ޔޫސުފްއާއި އިބްރާހީމް ތައުފީގު 7 އިވެންޓުގައި ބައިވެރިވާނެއެވެ. މިމުބާރާތް ކުރިއަށްދާނީ ޗެންނާއީ ގައި ޖެނުއަރީ މަހުގެ 29-31 އަށެވެ. މި ދެ ދުއްވުންތެރިންނަކީވެސް ޓްރެކްގައި ދުއްވުމުގެ ތަމްރީން ލިބިފައިވާ ދެ ދުއްވުންތެރިންއެވެ.
މި ދުވުންތެރިން ބައިވެރިވަނީ، ސްޕްރިންޓް، 4 ކިލޯމީޓާރ އިންޑިވިޖުއަލް ޕާރސުޓް، 1 ކިލޯމީޓާރ ޓައިމް ޓްރަޔަލް، ޕޮއިންޓް ރޭސްގެ އިތުރުން އެލިމިނޭޓަރ ރޭހުގައެވެ. މި މުބާރާތް ކުރިއަށްދާނީ
ޓެމިލްނާޑޫ ފިޒިކަލް އެޑިއުކޭޝަން އެންޑް ސްޕޯރޓްސް ޔުނިވަރސިޓީގެ ވެލްޑްރޯމްގެ 333 މީޓަރު އަދި 7 މީޓަރުގެ ޓްރެކްގައެވެ.
މި މުބާރާތް ރާވާފައި އޮތް ގޮތުން، 27 ވަނަ ދުވަހު ލައިސަންސް ޗެކްކުރުމާއި ޖާޒީ ޗެކް ކުރުން ކުރިއަށްދާނެއެވެ. 28 ވަނަ ދުވަހު މެނޭޖަރސް މީޓިން އަދި 29 ވަނަ ދުވަހު ރޭސްތަށް ފަށާނެއެވެ.
މި ރޭހުން އިންޑިވިޖުއަލް ޕޮއިންޓާއެކު ޔޫސީއައި (ޔޫނިއަން ސައިކްލިންގް އިންޓަރނޭޝަންލް) އިންތިޒާމްކުރާ ރޭސްތަކުގައި ބައިވެރިވުމަށް ޕޮއިންޓް ލިބޭނެއެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިޔާ، އިންޑޮނޭޝިޔާ، ކަޒަކިސްތާން، ލިތުއޭނިޔާ، މިއެންމާރ، މެލޭސިޔާ، ނޭޕާލް، ޕިލިޕީންސް، ސިންގަރޕޯރ އަދި އުޒްބެކިސްތާންވަނީ ބައިވެރިވެފައެވެ.


advertisment
ހިޔާލު