ދިރާސީ އައު އަހަރުގައި ކިޔަވައިދޭން މުދައްރިސުން ސްކޫލްތަކަށް ނުކުމެއްޖެ

ދިރާސީ އައު އަހަރުގެ ކިޔަވައިދޭން ސްކޫލްތަކަށް މުދައްރިސުން މިއަދު  ނުކުމެއްޖެއެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން މުދައްރިސުން ސްކޫލްތަކަށް ރިޕޯޓް ކުރަން ޖެހެނީ މިއަދުއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަންގާރަ ދުވަހުއެވެ.

މުދައްރިސުންނާއި ސްޓާފުންނަށް ސްކޫލްތަން މަރުޙަބާ ކިޔެވުމުގެ ގޮތުން މަލާއި ތަފާތު ހަދިޔާތައް ދީފައިވެއެވެ.

ކުރިއަށް އޮތް ދެ ދުވަހު މުދައްރިސުންނާއި ސްކޫލުގެ އެސްއެމްޓީތަކުން މަސައްކަތް ކުރާނީ ދިރާސީ އައު އަހަރުގެ ޕްލޭންތައް އެކުލަވާލުމަށެވެ. އަދި ޓީމް ބިލްޑް ކުރުމަށް ތަފާތު ސެޝަންތައް ވެސް ބައެއް ސްކޫލުތަކުން ކުރިއަށް ގެންދާނެއެވެ.

ދިރާސީ އައު އަހަރު ފަށާއިރު، ސްކޫލްތަކުގެ މަރާމާތަށް ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ.

ދިރާސީ އައު އަހަރު ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ 25 ޖެނުއަރީން 16 ޖުލައިއަށެވެ. ދެވަނަ ޓާމު ކުރިއަށް ދާނީ 2026 ވަނަ އަހަރުގެ  އޯގަސްޓު މަހު 2ން  17ޑިސެމްބަރަށެވެ. ދިރާސީ އައު އަހަރު 199 ދުވަސް ސްކޫލު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *