ރަމަޟާން މަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވާން ހުޅުވަލަފައިފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކޮށް ހުށައެޅުމަށެވެ. މި މުބާރާތަށް އިންސާފުކުރުން އޮންނާނީ 31 ޖަނަވަރީގައެވެ.
އެ އިއުލާނާއެކު ބާރާތެއް ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތުގެ އުޞޫލާއި މުބާރާތުގައި ބައިވެރިކުރެވިދާނެ ބާވަތްތައް ހިމެނޭ ލިސްޓެއް ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހިމަނާފައެވެ. އެ ލިސްޓްގައި ހިމަނާފައިވާ ބާވަތްތައް ފަސް ބަޔަކަށް ވަނީ ބަހާފައެވެ. އެއީ،
- ހަވާދުގެ ބާވަތްތައް (10 ބާވަތެއް)
- އަސާރަތައް / މުރުއްބާ (6 ބާވަތެއް)
- ކެއްކިފަނި / ކަނދި (15 ބާވަތެއް)
- ސަޓަނި / މަސްހުނި / ބޮނޑިބަތް ހިމެނޭ ފޮނިކާތަކެތި (26 ބާވަތެއް)
- ހެދިކާ (15 ބާވަތެއް)
ރަމަޟާން މަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތުގެ އުޞޫލާއި މި މުބާރާތުގައި ބައިވެރިކުރެވިދާނެ ބާވަތްތައް ހިމެނޭ ލިސްޓެއް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި މުބާރާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި މި ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނުން ލިބޭނެ ކަމަށް ބުނެފައިވެއެވެ.


advertisment
ހިޔާލު