ކުރީގެ ދިވެހި މުދައްރިސް އާމިނަތު ހަސަން (އައިންތު މިސް) 58 އ، ނިޔާވެއްޖެއެވެ. އައިންތު މިސް ނިޔާވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށެވެ.
އައިންތު މިސް ކެންސަރަށް ފަރުވާ ހޯދަނުން ގެންދަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ކީމޯތަރަޕީ ތެރަޕީގެ ފަރުވާގައި ހުރި އައިންތު މިސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑިމިޓް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނިޔާވީ މިއަދު ހެނދުނުއެވެ.
އައިންތު މިސް ވަނީ ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ދިވެހި މާއްދާ ކިޔަވައިދެއްވުމުގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ. 23 އަހަރު އެ ސްކޫލަށް ޚިދުމަތް ކުރެއްވިއެވެ. އަމީނިއްޔާ ސްކޫލުގައި، ޓީޗަރެއްގެ އިތުރުން ލިޑީންގ ޓީޗަރެއްގެ ގޮތުން ވެސް މަސައްކަތް ކުރެއްވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ އިތުރުން މިދިޔަ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވިއެވެ.


advertisment
ހިޔާލު