ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ހޮވިވަޑައިގެންނެވި ހ.ހުދުފިނިފެންމާގެ ހަސަން ޝާކިރު މުޙައްމަދު އެ މަޤާމަށް ހަމަޖައްސަވައިފިއެވެ.
ޅެންވެރިކަމާއި ވާހަކަ ދެއްކުމުގައި މަޝްހޫރު ޝާކިރަށް، ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންނާއި މުވައްޒަފުން ތަހުނިޔާއާއި މުބާރިކުބާދީ ވަނީ އަރިސްކޮށްފައެވެ.
ޝާކިރު އެ މަޤާމަށް އައްޔަން ކުރެއްވީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަޙީމް މިދިޔަ މަހު 31ގައި އިސްތިއުފާ ދެއްވުމުންނެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސަކަށް ހަމަޖެއްސެވި ޝާކިރަށް، ޅެންވެރިކަމާއި ވާހަކަދެއްކުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. ެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވީ 1998 ވަނަ އަހަރުއެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ދިވެހި ބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވީ 2007 ވަނަ އަހަރުއެވެ.
ޅެމާއި ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގެ އިތުރުން ލިޔުންތެރިކަމަކީ ވެސް ޝާކިރުގެ ޚާއްޞަ ފަންނެކެވެ. މިހާތަނަށް 8 ޅެން ފޮތް ލިޔުއްވާފައިވެއެވެ.
advertisment
ހިޔާލު