ކަނޑިތީމު ސުކޫލުގެ ބެލެނެވެރިންނަށް ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާގަތި ކުރިމަގެއް ހޯދައިދިނުމާއި، މި ފަދަ ފަރާތްތަކަކީ މުޖުތަމަޢުގެ މުހިންމު ހިއްސާއަކަށް ހެދުމާއި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމަޔަށް ބައިވެރިވެވޭނެ ފަދަ ފުރުޞަތުތައް ފަހިކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖެންޑަރ މިނިސްޓްރީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މި މަހު، ށ. ކަނޑިތީމުގެ ސުކޫލުގައި ގާއިމުކުރެވިފައިވާ "ސެން" ކުލާހަށް ސްޓޭޓް އިފްހާމް ހުސައިން ޒިޔާރަތްކުރައްވައި ދަރިވަރުން އަދި ޓީޗަރުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކަނޑިތީމުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބައްދަލުކޮށް ހާލަތު ދެނެގަނެވި އަދި މިރަށުގެ 37 ބެލެނިވެރިންނަށް ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
advertisment
ހިޔާލު