ރިސަރޗް ރޭންކިންގައި އެމެރިކާގެ ހާވަރޑް ޔުނިވާސިޓީ ތިންވަނައަށް ވެއްޓި، ޗައިނާގެ ޒެޖިއާންގ ޔުނިވާސިޓީ އެއްވަނަ އަށް

ދިރާސާތަކުގެ ގާބިލްކަން ވަޒަން ކުރާ ދުނިޔޭގެ ޔުނިވާސިޓީ ރޭންކިންގައި އެމެރިކާގެ ހާވަރޑް ޔުނިވާސިޓީ 1 ވަނަ އިން 3 ވަނަ އަށް ވެއްޓި، ޗައިނާގެ ޒެޖިއާންގ ޔުނިވާސިޓީ އެއްވަނަ އަށް އަރައިފިއެވެ.
ނިއު ޔޯކް ޓައިމްސް (އެންވައިޓީ) އާއި އެހެން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުނިވާސިޓީތަކުން ޝާއިއުކުރާ ދިރާސާ ކަރުދާހުގެ އަދަދާއި ކޮލިޓީ ވަޒަން ކުރާ "2025 ސީޑަބްލިއުޓީއެސް ލެއިޑެން ރޭންކިން" ގައި ޗައިނާގެ ޔުނިވާސިޓީތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މި އެސެސްމަންޓުގައި 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކޮށްފައިވާ ދިރާސާ ކަރުދާސްތައް ހިމަނާފައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ޒެޖިއާން ޔުނިވާސިޓީ 1 ވަނަ އަށް އަރާފައިވާއިރު، ހާވާޑް ޔުނިވާސިޓީ ވަނީ ތިން ވަނަ އަށް ވެއްޓިފައެވެ. ޗައިނާގެ ޔުނިވާސިޓީތައް ވަނީ މި ލިސްޓްގެ ދެވަނަ އާއި 4 ވަނައިން ފެށިގެން 9 ވަނައާ ހަމައަށް ހިމެނިފައެވެ.
2000 ގެ އަހަރުތަކުގެ ކުރީކޮޅުގައި، ޔުނިވަރސިޓީ ރޭންކިންގައި އެމެރިކާގެ ހަތް ޔުނިވަސިޓީއެއް ގަދަ 10 ގައި ހިމެނުނެވެ. ނަމަވެސް މި އަހަރު ގަދަ 10 ގައި ޗައިނާގެ ހަތް ޔުނިވާސިޓީ ހިމެނިފައިވެއެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރޭންކިންއަށް މި ބަދަލު އައީ އެމެރިކާ ސަރުކާރުން ރިސާޗް ބަޖެޓް ވަރަށް ބޮޑަށް ކުޑަކުރުމާއި އެ ޤައުމުގެ ސަރުކާރުން ގެނައި ސިޔާސަތުގެ ސަބަބުންނެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ، ޗައިނާ އިން ބޭރުގެ ރިސާޗަރުން ޝައުގުވެރި ކުރަނީ ޔުނިވާސިޓީތަކަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކޮށް، މިދިޔަ އަހަރުގެ ފަހުކޮޅު ސައިންސް އެންޑް ޓެކްނޮލޮޖީގެ މަތީ ދަސްވެނިންނަށް އެކަޑެމިކް ނުވަތަ ވިޔަފާރީގެ ބޭނުމަށް ޗައިނާ އަށް އައުމުގެ ފުރުސަތު ދިނުމަށް ހާއްސަ ވިސާއެއް ތައާރަފު ކުރި ކަމަށެވެ.
ނިއުޔޯކް ޓައިމްސް އިން ބުނީ އެމެރިކާގެ އެންމެ މަތީ ޔުނިވާސިޓީތަކަށް ދިމާވާ މައްސަލައަކީ ރިސާޗް އައުޓްޕުޓް ދަށްވުން ނޫން ކަމަށެވެ. ލެއިޑަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމެރިކާގެ ބޮޑެތި އިންސްޓިޓިއުޓްތައް ކަމަށްވާ ޔުނިވަސިޓީ އޮފް މިޝިގަން، ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލިސް، ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ، ޔުނިވާސިޓީ އޮފް ވޮޝިންޓަން ސިއެޓްލް، ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާ އަދި ސްޓެންފޯޑް ޔުނިވަސިޓީ ފަދަ ތަންތަނުން ވަނީ އިތުރު ރިލޭޝަންތައް އުފައްދާފައެވެ.

މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ކުރީގެ ރައީސް ރަފައެލް ރީފް މިދިޔަ އަހަރު ޕޮޑްކާސްޓްގައި ވިދާޅުވީ ޗައިނާގެ ޕޭޕަރުތަކުގެ އަދަދާއި ކޮލިޓީ އެމެރިކާއަށް ވުރެ މާ ރަނގަޅު ކަމަށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން، ވިދިވިދިގެން 10 ވަނަ އަހަރު ދުނިޔޭގެ އެންމެ މަތީ ޔުނިވާސިޓީގެ މަގާމު ޓައިމްސް ހަޔަރ އެޑިއުކޭޝަނުން ހޯދާފައިވެއެވެ. އޭގެ ތެރޭގައި އެމްއައިޓީ، ޕްރިންސްޓަން ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ކެމްބްރިޖް އަދި އެމެރިކާގެ ހާވާޑް އަދި ސްޓެންފޯޑް ޔުނިވާސިޓީ ހިމެނެ އެވެ. އެމެރިކާގެ 19 ޔުނިވަސިޓީއެއް ރޭންކް ކުރިއަރާފައިވާއިރު، 62 ޔުނިވަސިޓީގެ ރޭންކް ދަށަށް ގޮސްފައިވެއެވެ. މީގެ 10 އަހަރު ކުރިން ޗައިނާގެ ސިންހުއާ ޔުނިވާސިޓީ އާއި ޕީކިން ޔުނިވާސިޓީ އޮތީ 47 ވަނައިގަ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *