16 އަހަރުން ދަށުގެ 4.7 މިލިއަން ކުދިން ބޭނުން ކުރަމުން އައި މީސްމީޑިއާ އެކައުންޓް އޮސްޓްރޭލިއާގައި ބަންދުށްކޮށްފި

BATH, UNITED KINGDOM - FEBRUARY 09: In this photo illustration 12-year-boy looks at his phone on February 9, 2025 in Bath, England. Recently the Australian Senate passed a law to ban children under 16 from having social media accounts and social media platforms, including TikTok, Facebook, Snapchat, Reddit, X, formerly Twitter, and Instagram potentially being be fined for preventing children younger than 16 from having social media accounts. (Photo by Anna Barclay/Getty Images)

16 އަހަރުން ދަށުގެ 4.7 މިލިއަން ކުދިން ބޭނުން ކުރަމުން އައި މީސްމީޑިއާ އެކައުންޓް އޮސްޓްރޭލިއާގައި ބަންދުށްކޮށްފި

16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ ބޭނުން އޮސްޓްރޭލިއާގައި މަނާކުރިތާ އެއް މަސް ދުވަހުގެ ތެރޭގައި   4.7 މިލިއަނެއްހާ ކުދިން ބޭނުން ކުރަމުން އައި އެކައުންޓްތައް ބަންދުކޮށްފިއެވެ. މިއީ އެ ޤައުމުގައި ތިބި 16 އަހަރުން ދަށުގެ އާބާދީއަށް ބަލާއިރު ކޮންމެ ކުއްޖަކަށް ދެ އެކައުންޓަށްވުރެ އިތުރު އަދަދެކެވެ.

16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑީއާ ބޭނުން ކުރުން އޮސްޓްރޭލިއާގައި މަނާކުރީ ހުސްވި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން އިންސްޓަގްރާމްއާއި ފޭސްބުކްއާއި ޔޫޓިއުބްއާއި ޓިކްޓޮކްއާއި ސްނެޕްޗެޓްއާއި އެކްސް އަދި ރެޑިޓް ހިމެނޭ ގޮތަށް އެންމެ މަޤްބޫލު 10 މީސްމީޑިޔާ މަންސަ ބޭނުން އޮތީ މަނާކޮށްފައެވެ.

ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ބަންދުނުކުރާ މީސްމީޑިޔާ ކުންފުނިތައް33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އެ ޤާނޫނުގައި އޮތީ ހިމަނާފައެވެ.

މީސްމީޑިއާ ބޭނުން ކުރުން 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރި ފުރަތަމަ ޤައުމަކަކީ އޮސްޓްރޭލިއާއެވެ. އޮސްޓްރޭލިޔާގެ އީ- ސޭފްޓީ ކޮމިޝަނަރުގެ އޮފީހުން ބުނެފައިވާ ގޮތުގައި، ކުޑަކުދިން މީސްމީޑިއާ ބޭނުން ކުރުން މަނާކުރާ ކުރުމުން އެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ދެނެގަންނަން ދިރާސާއެއް ކުރަން ރާވާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *