5 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަނީ

5 ރަށެއްގެ ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.

ޕްރިންސިޕަލުން ހޯދަން އެ މިނިސްޓްރީން މިއަދު އިއުލާން ކުރީ، ށ. އަތޮޅު ތަޢްލީމީ މަރްކަޒާއި ށ. އަތޮޅު މަދަރުސާ އާއި ށ. ފޭދޫ ސްކޫލާއި ބ. ކަމަދޫ ސްކޫލާއި ދ. ހުޅުދެލީ ސްކޫލަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ޕްރިންސިޕަލްކަމުގެ މަޤާމަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

ޕްރިންސިޕަލުންގެ ޝަރުޠެއްކަމަށް އެ އިއުލާނުގައި ބުނެފައިވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

އަދި ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

އެއްވަނަ ރޭންކު ނަމަ އަސާސީ މޫސާރައަކީ މަހަކު 16,647 ރުފިޔާއެވެ. އެލަވަންސަކީ 9,534 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ 258 ރުފިޔާއެވެ. ދެވަނަ ރޭންކު ނަމަ މުސާރައަކީ 17,985 ރުފިޔާއެވެ. އެލަވަންސަކީ 10،300 ރުފިޔާއެވެ. ހާޒިރީ އަލަވަންސަކީ 279 ރުފިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *