ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔެވި 6،640 ދަރިވަރުން ފާއިތުވި ދެ އަހަރު ދަސްވެނިވެއްޖެއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 301.6 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. މީގެ ތެރެއިން 151.3 މިލިއަން ރުފިޔާ މިދިޔަ އަހަރު ޚަރަދު ކުރީ 2798 ދަރިވަރުންނަށް ޑިގްރީއަށް ކިޔަވައިދިނުމަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން މިދިޔަ އަހަރު ރަޖިސްޓްރީވި 2798 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 1790 އަންހެން ދަރިވަރުންނާއި 1،008 ފިރިހެން ދަރިވަރުންނެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 2025 ގައި ދަސްވެނިވީ 3286 ދަރިވަރުންނެވެ. އެއީ 2181 އަންހެން ދަރިވަރުންނާއި 1105 ފިރިހެން ދަރިވަރުންނެވެ.
2024 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި 5863 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރިއެވެ. އެއީ 3765 އަންހެން ދަރިވަރުންނާއި 2،098 ފިރިހެން ދަރިވަރުންނެވެ.
މަތީ ތައުލީމީ ވުޒާރާއިން ބުނީ މި ވަގުތު 8،680 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވަމުން ގެންދާ ކަމަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހު ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވި ކޮންމެ ދަރިވރަކަށް 51،400 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
advertisment
ހިޔާލު