އޭ-ލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނު ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ޖަނަވަރީ 2026 ގެ ނިޔަލަށް އެ ކޮލެޖުން އިތުރުކޮށްފިއެވެ. މި އިންޓޭކުގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިއީ މަތީ ތަޢުލީމުގެ ޙަޔާތް ފެށުމަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް، މެދުކެނޑުމެއްނެތި ތަޢުލީމީ ދަތުރު ކުރިއަށް ގެންދިއުމަށް ވިލާ ކޮލެޖުން ހުޅުވާލި ރަނގަޅު ފުރުޞަތެކެވެ.
ކިޔެވުން ފެށޭ ތާރީޚުތައް:
މި އިންޓޭކުގެ ކިޔެވުމާއި އޮރިއެންޓޭޝަންގެ ޙަރަކާތްތައް ތިރީގައިވާ ތާރީޚުތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ:
- މާސްޓަރސް ޕްރޮގްރާމްތަކުގެ ދަރިވަރުންނަށް: 24 ޖަނަވަރީ 2026 ވާ ހޮނިހިރު ދުވަހު
- ޑިގްރީ އަދި ފައުންޑޭޝަން ޕްރޮގްރާމްތަކުގެ ދަރިވަރުންނަށް: 25 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހު
ދަރިވަރުން ބޭނުންވާ ދާއިރާތަކުން ފުރުޞަތު ކަށަވަރުކުރުމަށްޓަކައި، ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ވިލާ ކޮލެޖުން އިލްތިމާސްކުރެއެވެ.
ހުޅުވާލެވިފައިވާ ޕްރޮގްރާމްތައް:
މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި: އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އިންޖިނިއަރިންގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)، ނަރސިންގ، ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ލޯ، ޝަރީޢާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ޑިގްރީތައް ރާއްޖޭގައި:
ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، ދުނިޔޭގެ ނަން ހިނގާ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތައް ރާއްޖޭގައި ތިބެގެން ފުރިހަމަކުރުމުގެ ފުރުޞަތު މި އިންޓޭކުގައިވެސް ވަނީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި:
- އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (UWE)
- އިނގިރޭސިވިލާތުގެ ޕޯޓްސްމޯތް ޔުނިވަރސިޓީ
- މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ
- މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ
މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މަތީ ތަޢުލީމަށް ވާޞިލުވުމަށް އޮތް ލުއިފަސޭހަ މަގުތައް:
އޭ-ލެވެލް ނިންމި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ދަތުރު ފެށުމަށް ވިލާ ކޮލެޖުން ވަނީ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ:
- ޑިގްރީ: ޑިގްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށްޓަކައި އޭ-ލެވެލްގެ މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން (ނުވަތަ އެއާ އެއްވަރުގެ ޝަރުޠެއް ހަމަވުން). މީގެ އިތުރުން، އޭ-ލެވެލް ފާސް ނެތް ނަމަވެސް، އެޗް.އެސް.ސީ (HSC) އިމްތިޙާނުން ފާސްވެފައިވާ މާއްދާތައްވެސް އޭ-ލެވެލް ފާހުގެ ގޮތުގައި ބަލައިގަނެވޭނެއެވެ.
- ފައުންޑޭޝަން: މަތީގައިވާ ޝަރުޠުތައް ހަމަނުވާ ދަރިވަރުންނަށް، އޯ-ލެވެލްގެ 3 މާއްދާއިން ފާސްވެފައިވާނަމަ، ވިލާ ކޮލެޖުގެ "ފައުންޑޭޝަން ސްޓަޑީޒް" ޕްރޮގްރާމްތަކުގެ އެހީގައި ޑިގްރީއަށް ބޭނުންވާ ފެންވަރު ހޯދައި، ކިޔެވުމުގެ ބިންގާ އެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް:
ވިލާ ކޮލެޖަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ތަޢުލީމީ މުއައްސަސާއެކެވެ. އެގޮތުން:
- ކިއުއެސް (QS) ސްޓާރ ރޭޓިންގް: ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަތީ ތަޢުލީމުގެ ރޭންކިންގ ކަމަށްވާ ކިއުއެސް ސްޓާރ ރޭޓިންގްގައި "އެމްޕްލޯޔަބިލިޓީ"، "އޮންލައިން ލާރނިންގ" އަދި "އެންވަޔަރަމަންޓަލް އިމްޕެކްޓް" އިން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ޙާޞިލުކޮށްފައިވެއެވެ.
- ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025: ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ޔުނިވަރސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ މި ރޭންކިންގްގައި ރާއްޖެއިން ހިމެނުނު ހަމައެކަނި މުއައްސަސާއަކީ ވިލާ ކޮލެޖެވެ. މި ރޭންކިންގްސްގައި ދުނިޔޭގެ މަތީ 20% ޔުނިވަރސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނެއެވެ.
- ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ މި ރޭންކިންގްގައި ހިމެނި، އޭޝިއާ-ޕެސިފިކް ސަރަޙައްދުން "ކްލާސް އެކްސްޕީރިއަންސް" އިން އެއްވަނަ މަޤާމު ޙާޞިލުކޮށްފައެވެ.
މީގެ އިތުރުން ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، ދިވެހިރާއްޖޭގެ ބާ ކައުންސިލް، އަދި އެލައިޑް ހެލްތް ކައުންސިލް ފަދަ މުޙިއްމު އިދާރާތަކުން ޤަބޫލުކޮށް، އެކްރެޑިޓްކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.
މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ބިނާކުރުން:
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދީންތަކަކަށް ހެދުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓަރންޝިޕް، އެކްސްޓަރންޝިޕް އަދި އިންޑަސްޓްރީ އާ ގުޅިގެން ހިންގޭ ޕާޓްނަރޝިޕްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ޤާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ.
ދަރިވަރުންނަށް ފޯރުކޮށްދެވޭ ލާރނިންގ ސަޕޯޓް:
ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވިލާ ކޮލެޖުން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. މިގޮތުން:
- އެކަޑަމިކް ރައިޓިންގ
- ރެފަރެންސިންގ
- އިނގިރޭސި ބަހުގެ ޓިއުޓޯރިއަލް
- ސްޓަޑީ ސްކިލްސް ވޯކްޝޮޕްތައް
- ޑިސަރޓޭޝަން ސަޕޯޓް
- ޕިއަރ-އެސިސްޓެޑް ލާރނިންގ
- ވީ-ކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
މި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށާއި ފޭސް-ޓު-ފޭސްކޮށް ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށްވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ގިނަ ވަސީލަތްތަކެއް ވިލާ ކޮލެޖުގައި ޤާއިމުކުރެވިފައިވެއެވެ.
ފްލެކްސިބަލް ސްޓަޑީ އޮޕްޝަންސް:
ވިލާ ކޮލެޖުގެ ކްލާސްތައް ބައްޓަންކުރެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެނެވެ. އެގޮތުން އިންޖިނިއަރިންގ، ޓީޗިންގ، ނަރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއްވެސް ފުރިހަމައަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ކިޔަވާނެ ދާއިރާއެއް ނުވަތަ ޕްރޮގްރާމެއް އިޚްތިޔާރުކުރުމުގައި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުމަށް ވިލާ ކޮލެޖުގެ ތަޖުރިބާކާރު އެކަޑަމިކް އެޑްވައިޒަރުން ތިއްބެވީ ތައްޔާރަށެވެ. ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށާއި، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކޮލެޖަށް ޒިޔާރަތްކުރެއްވުން ނުވަތަ ރަސްމީ ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވިލާ ކޮލެޖު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ.
| 24ޖަނަވަރީ 2026 | އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީޚު: |
| www.villacollege.edu.mv | އޮންލައިން އެޕްލިކޭޝަން: |
| 3303200 | ފޯނު: |
| info@villacollege.edu.mv | އީމެއިލް: |
advertisment
ހިޔާލު