ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތެއް

ޅެންވެރީންގެ ދުވަހާ ގުޅުވައިގެން ސަމާސާ އަދަބުގެ ޅެންހެދުމުގެ މުބާރާތެއް ބާއްވަން ދިވެހިބަހުގެ އެކެޑަމީން ނިންމައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އަންނަ ފެބުރުވަރީ 1ވަނަ ދުވަހުގެ 13:00ގެ ކުރިން ޅެންތައް ދިވެހިބަހުގެ އެކެޑަމީއަށް ފޮނުވަންޖެހެއެވެ. ވާރޑް ފައިލާއި ޕީޑީއެފް އީމޭލުކުރާ ނަމަ އީމެއިލް ކުރަން ޖެހެނީ  info@dba.gov.mv އަށެވެ. ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރުން ވެސް ޅެންތައް ބަލައިގަންނާނެ ކަމަށާއި ޅެން ހުށައަޅާ އިރު ޅެން ހުށައަޅާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށައަޅަންވާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މި މުބާރާތަށް ހުށައަޅަން ޖެހޭ ޅެމުގައި ހިމަނަން ޖެހެނީ 8 ބައިތާއި 12 ބައިތާ ދެމެދުގެ އަދަދެކެވެ. މި މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވަން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *