އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި ހޯޓިކަލްޗަރ ކިޔަވަން ޑަބްލިޔުޑީސީން ސްކޮލަރޝިޕް ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ތިނަދޫ ކެމްޕަހުގައި ހޯޓިކަލްޗަރ ކިޔަވަން ޑަބްލިޔުޑީސީން ސްކޮލަރޝިޕް ދޭން ނިންމައިފިއެވެ.

އެޑްވާންސް ސެޓްފިކެޓް އިން ހޯލްޓިކަލްޗަރ ކޯސް ތިނަދޫ ކެމްޕަހުގައި ކުރިއަށް ގެންދަނީ އެ ކެމްޕަހަށް ހާޒިރުވެގެންނާއި އޮންލައިންކޮށެވެ. މި ކޯސް ފުރިހަމަ ކުރަން ތިނަދޫ ޑަބްލިޔުޑީސީން ސްކޮލަރޝިޕް ދެނީ އަންހެން އަދި ފިރިހެން ދަރިވަރުން ހިމެނޭހެން ހަތަރު ދަރިވަރަކަށެވެ.

ޒަމާނީ ދަނޑުވެރިކަމުގެ ފަންނުވެރިއަކަށް ވުމުގެ ފުރުޞަތު އެއް އަހަރު ދުވަހުގެ މި ކޯހުން ހޯދައިދެއެވެ. މި ކޯހުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މުހިންމު މައުލޫމާތުތަކާއި ގްރީން ހައުސް މެނޭޖްމަންޓާއި ގަހަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރި ހިމެނެއެވެ. މި ކޯހަށް ވަނުމުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، އޯލެވެލްގެ ތިން މާއްދާއިން ފާސްވުން ނުވަތަ އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު 18 އަހަރު ފުރުމެވެ. އަދި އިނގިރޭސި ބަހުން މުއާމަލާތްކުރަން އެނގެން ޖެހެއެވެ.

ހޯޓިކަލްޗަރ ކޯހަށް  އެޕްލިކޭޝަން ސުންގަޑި: 22 ޖަނަވަރީގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *