އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުގެ މަޤާމަށް ޒީނަތު ޒަކީ ހަމަޖައްސަވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އައި ޒީނަތު އެ މަޤާމަށް އައްޔަން ކުރަމުގެ ކުރިން ވެސް ހުންނެވީ ޝަރަފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަޤާމުގައެވެ.
އެ ސްކޫލަށާއި ތަޢުލީމީ ދާއިރާއަށް އޭނާ ޚިދުމަތް ކުރައްވާތާ މިއީ 24 ވަނަ އަހަރެވެ.

ދަރިވަރު ނޫހަށް ޒީނަތު މިއަދު ވިދާޅުވީ، އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ވެސް ޝަރަފުއްދީނަށާއި އައްޑޫ ސިޓީގެ ތައުލީމަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ އެއީ އުފަލެއް ކަމަށެވެ.
ޝަރަފުއްދީން ސްކޫލުން އޯލެވެލް ނިންމައި، ވަގުތީ ޓީޗަރެއްގެ ގޮތުގައި ވެސް ޒީނަތު އެ ސްކޫލުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ޓީޗިން ހައްދަވައި، އެ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ޑިޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ 2019 އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދުއެވެ. އޭގެ ފަހުން މާލެއަށް ދިރިއުޅުން ބަދަލުކުރައްވައި، އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި އަހަރެއްހާ ދުވަހު ހުންނެވިއެވެ.

ޒީނަތު ވިދާޅުވީ، ޝަރަފުއްދީން ސްކޫލަކީ ނަތީޖާ ނެރެދޭން މަސައްކަތް ކުރާ، ހަރުދަނާ މެނޭޖްމަންޓެއް އޮތް ސްކޫލެއް ކަމަށެވެ.
ޝަރަފުއްދީނަކީ އައްޑޫ ސިޓީގެ އެންމެ އާބަދީ ބޮޑު ސްކޫލުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ.
advertisment
ހިޔާލު