މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ މާހެފުން ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު

މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ މާހެފުން ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، ޓިކެޓް ގަންނަން ހުޅުވާލައިފިއެވެ.

މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް މާހެފުމުގެ ޓިކެޓް ވިއްކަނީ 99 ރުފިޔާއަށެވެ. މި މާހެފުން ކުރިއަށް ގެންދަނީ އެ ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމާ ވެސް ގުޅުވައިގެންނެވެ. 19 އެޕްރީލް 1927 ގައި ހުޅުވި މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން 1000 ދުވަހުގެ ކައުންޓް ޑައުންއެއް ފަށައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާހެފުމުގައި މަޖީދިއްޔާގެ އެހާރާއި މިހާރުގެ ދަރިވަރުން ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *