ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލު ދީދީ ޕްރައިމަރީ ސްކޫލަށް ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ލިޔެކިޔުންތައް ހުށައަޅަން ޖެހެއެވެ.
ޑެޕިއުޓީ ޕްރިންސިޕަލުގެ ޝަރުޠެއްކަމަށް އެ އިއުލާނުގައި ބުނެފައިވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްފައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި،ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އަދި ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން ނުވަތަ ޑެޕިއުޓީ ޕްރިންސިޕަލް ރޭންކް 1 ގައި 6 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއްވަނަ ރޭންކު ނަމަ އަސާސީ މޫސާރައަކީ މަހަކު 13,809 ރުފިޔާއެވެ. އެލަވަންސަކީ 6,444 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ 174 ރުފިޔާއެވެ. ދެވަނަ ރޭންކު ނަމަ މުސާރައަކީ 15,460 ރުފިޔާއެވެ. އެލަވަންސަކީ 7،215 ރުފިޔާއެވެ. ހާޒިރީ އަލަވަންސަކީ 195 ރުފިޔާއެވެ.
advertisment
ހިޔާލު