ފިޑޭ ރޭޓިންގައި ރާއްޖޭގޭ އެންމެ ހަގު ޗެސް ކުޅުންތެރިއަކަށް ނައުޝީން

ފިޑޭ އިންޓަނޭޝަނަލް ޗެސް ފެޑަރޭޝަން އިން އާންމުކޮށްފައިވާ ފިޑޭރޭޓެޑް ލިސްޓްގައި 1 ޖެނުއަރީގައި ދިވެހިރާއްޖެއަށް އުފަން މަކީނާ ނައުޝީން ޢަލީ (ނައުޝީން) ގެ ނަން ވަނީ ހިމެނިއްޖެއެވެ. އޭނާގެ ނަން ހިމެނުނީ ދިވެހިރާއްޖޭގެ އެންމެ ހަގު ޗެސް ކުޅުންތެރިޔާގެ ގޮތުގައެވެ. އެއީ އޭނާގެ އާއިލާ އާއި ދިވެހިރާއްޖެއަށް ވެސް ލިބުނު ފަޚުރުރެކެވެ. މިލިސްޓުގައި 65 ފިޑޭރޭޓެޑް ޗެސް ޕްލެޔަރުންގެ ރާއްޖޭގައި އެބަތިއްބެވެ.

ބިލަބޮންގްހައި އިންޓަނޭޝަނޭޝަނަލް ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ނައުޝީން ވަނީ ރާއްޖޭގައި ބާއްވާ ގިނަ ޗެސް މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހޯދާފައެވެ. އެގޮތުން އިންޓަސްކޫލް ޗެސް ގައި 6 އަހަރުގައި ވާދަކޮށް 6/7 މެޗު ނައުޝީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި 8 އަހަރުގައި  12 އަހަރުން ދަށުގެ ޓީމުގައި ވާދަކޮށް ގަދަކުޅުމެއް ނައުޝީން ދެއްކިއެވެ. އެންމެ ފަހުން ނިމިގެން ދިޔަ ނެޝަނަލް ޖުނިއަރ ޗެސް ޗެންޕިއަންޝިޕުން އުމުރުން 8 އަހަރުގެ (އަންހެން) ކެޓަގަރީ އިން ސެކަންޑް ރަނަރަޕް ލިބި ޖޫނިއަރ ޤައުމީޓިމުގައިވެސް ވަނީ ހިމެނިފައެވެ. އަދި އޭގެ އިތުރުން އިންޑިޔާގައި ދާދި ފަހުން ބޭއްވި ޗެސް މުބާރާތަކުން 2 ވަނަ ހާސިލްކުރިއެވެ. ކޮންމެ އަހަރަކު ވެސް ބައިނަލް އަޤްވާމީ އެއް މުބާރާތެއްގައި  ނައުޝީން އަންނަނީ ކުޅެމުންނެވެ.

މެޗަކުން މޮޅުވިޔަސް، ބަލިވިޔަސް މަންމައާއި ބައްޕަ ފާހަގަކުރާނެ. މަންމައާއި ބައްޕަގެ އިތުރުން ސްކޫލާއި ކޯޗުންގެ ފަރާތުން ލިބޭ ހިތްވަރަކީ ވެސް ކުރިއަށް ދިއުމަށް ލިބޭ ބާރެއް" ހަ އަހަރުގައި 40 އަހަރުގެ ކުޅުންތެރިންނާ އެކުވެސް ޗެސް ކުޅެމުން އައި ނައުޝީން ބުންޏެވެ.

ޗެސް ކުޅެން ނައުޝީން ފެށީ އެންމެ 4 އަހަރުގައެވެ. މަންމަ އާއިއެކު މަޖަލަކަށް ކުޅެންފެށި ޗެސް ސީރިއަސް ވެގެން ދިޔައީ ބިލަބޮންގްހައި އިންޓަނޭޝަނަލް ސޫކްގައި ޗެސް ކްލަބްގައި ބައިވެރިވިފަހުން ކަމަށް ނައުޝީންގެ މަންމަ ދިމީ ބުނެއެވެ.

މެލޭޝިޔާގައި ބޭއްވި ކޮމަންވެލްތް ޗެސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަންސީލުކުރަން ދިޔައިރުވެސް ފިޑޭ ރޭޓިންގް ހޯދަން ނައުޝީން ދިޔައީ އުންމީދުކޮށްގެންނެވެ.

"އަޅުގަނޑު އަބަދުވެސް ބަލަން މޮޅަށްކުޅެން. ބޮޑެތިމީހުންނާއެކުވެސް ކުޅެން. ނެޝަނަލްޓީމް މޮޅެތި ކުޅުންތެރިންނާއިއެކުވެސް ކުޅެން. ކުރިން ޖެހިލުންވޭ. ބައެއްފަހަރު ނަރވަސްވެގެން ބްލަންޑަރސް ވެސް ހެދޭ. އެކަމަކު މަންމި ބުނާނެ ނަރވަސް ވީމަ ސިކުނޑިން ނުވިސްނޭނެޔޭ. ދަރިފުޅު ވަރަށް މޮޅޭ. ސިކުނޑީގެ ބޭނުން ކުރާށޭ. ހިތްވަރުކުރާށޭ. މަންމި އާއި ބައްޕި ވަރަށް ހިތްވަރުދެއްވާ." ނައުޝީން ބުންޏެވެ.

ނައުޝީންއަކީ ސްކޫލްގެ ތަފާތު މުބާރާތްތަކުން ރަންވަނަ ގެންނަ ކުއްޖެކެވެ. އަދި އިތުރު ކުޅިވަރު ޙަރަކާތްތަކުގެ ތެރޭގައި ޔޫސީމަސް ސްކޭޓިންގް ، ސްވިމިންގް އަދި ކުރެހުމަކީ ވެސް ނައުޝީން ވަރަށް ކުރާހިތުންކުރާ ކަންކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *