ދަރިވަރުންނަށް ވެކްސިން ދިނުން: ފުރަތަމަ ޑޯޒް 35 ހާސް ކުދިންނަށް، ދެވަނަ ޑޯޒް 11 ހާސް ކުދިންނަށް

ވެކްސިން
ދަރިވަރުންނަށް ވެކްސިން ދިނުން: ސާޅީސް ހާސް ކުދިންނަށް ވެކްސިން ދޭންޖެހޭ

ކޮވިޑުން ދިފާއުވުމަށް، 12އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށް ވެކްސިން ދިނުމަށް ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން މިހާތަނަށް، ފުރަތަމަ ޑޯޒް 35،152 ދަރިވަރަކަށް، ދެވަނަ ޑޯޒް 11،653 ދަރިވަރަކަށް ދީފިއެވެ.

މި މަހުގެ އެގާރައާ ހަމައަށް ފުރަތަމަ ޑޯޒް ޖަހާފައިވާ ކުދިން ނިސްބަތް ވަނީ 214 ސްކޫލަކަށެވެ. ދެވަނަ ޑޯޒް ޖެހި ކުދިން ނިސްބަތް ވަނީ 88 ސްކޫލަކަށެވެ.

12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށީ ހުސްވި މަހުގެ 15ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފެށީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވެކްސިން ދޭންޖެހޭ ކުދިންގެ އަދަދު 40،000 އަށް އަރާނެއެވެ. މިހާތަނަށް ވެކްސިންޖެހި ކުރިންގެ އަދަދަށްބަލާއިރު، ފުރަތަމަ ޑޯޒް ނުޖަހައި 4800 ދަރިވަރުން އެބައުޅެއެވެ.

ވެކްސިންގެ ފޮރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށްދާއިރު، ވެކްސިން ނުޖަހާ ފަރާތްތަކަށް ސްކޫލްތަކަށް ނުވަދެއެވެ. ވެކްސިން ޖަހާފައިވާކަން ކަށަވަރުކޮށް، ސްކޫލްތަކަށް ވަނުމަށް ބެލެނިވެރިންނަށް ގުރީން ކާޑެއް ވަނީ ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *