މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް މިއަދު އަންގަވައިފިއެވެ.
ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވަނީ، ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ( މުދަރިސުންނާއި އަދި ތަޢުލީމީ ދާއިރާގެ ފަންނީ އެހެނިގެން މުވައްޒަފުން)ގެ ސެޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.
އެ މިނިސްޓްރީގެ ދެންނެވުގައި ފާހަގަކޮށްފައި ވަނީ، މުސާރައިގެ ކުރިއެރުން ޙައްޤުވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ޑިވިޜަނާ ގުޅިގެން ސްކޫލްތަކުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެ މަސައްކަތް 2026 ޖެނުއަރީ 31ގެ ކުރިންގެ ނިޔަލަށް ނިންމަން ވާނެ ކަމުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.
advertisment
ހިޔާލު