ކޮވިޑްގެ ހާލަތާ ގުޅިގެން ހުއްޓާލާފައިވާ، ސިވިލް ސަރވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންނަށް ވަކި ފެންވަރެއްގެ ސަނަދެއް ޙާޞިލްކުރުމުން ދެވޭ ޕްރޮމޯޝަން (ސެޓްފިކެޓް ޕްރޮމޯޝަން)
އަންނަ މަހުން ފެށިގެން ދޭން އެޑިއުކޭޝަނުން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2021އިން ފެށިގެން ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމުގައި ސިވިލް ސަރވިސް ކޮމިޝަނުންވަނީ އަންގަވާފައެވެ. އަދި ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހިނަމަވެސް، އެ ޗިޓާ އެއްގޮތަށް މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިނުވާ މުއައްޒަފުންނަށްވެސް، އޮކްޓޫބަރު 2021އިން ފެށިގެން ޗިޓުތަކުގައިވާ ގޮތުގެ މަތީން މުސާރައާއި އިނާޔަތްތައް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
" ސިވިލް ސަރވިސްގެ ފަންނީ ވަޒީފާތަކުގައި ތިއްބެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މުއައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދިނުން 1 އޮކްޓޫބަރު 2021އިން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމުގައި ދެންނެވީމެވެ." އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު