އަންނަ ރޯދަ މަހު 30 ހާފިޒުން ދަސްވެނިވެ، 42 ހާފިޒުން ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ

އަންނަ ރޯދަ މަހު 30 ހާފިޒުން ދަސްވެނިވެ، 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި އަހަރު، މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށްނިންމައި އިމްތިހާން ހަދާފައިވާ ކަމަށާއި އިތުރު 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށް ދާ ކަމަށެވެ. އަދި 1 ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިއީ މިދިޔަ އަހަރާ ބަލާފަ އިތުރު އަދަދެއް ކަމަށެވެ. އަންނަ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެކަމަށް ވާރު އެޅުއްވުމުގެ ގޮތުން ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މި ދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކުރައްވާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *