ދިވެހި ވަޠަނީ ޚިދުމަތުގެ ޓްރޭނިންގެ ފުރަތަމަ ބެޗުން 344 ދަރިވަރުން ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ޓްރޭނިންގެ ފުރަތަމަ ބެޗުން 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބޭއްވީ މިއަދު ހަވީރު ޅ. މާފިލާފުށީގައެވެ. ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނެވެ. އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހު އިފްތިތާޙް ކުރި މި ޕްރޮގްރާމުގެ ފުރަތަމަ ބެޗްގައި 350 ދަރިވަރުން ބައިވެރިވި ނަމަވެސް ދަސްނެވިވީ 344 ދަރިވަރުންނެވެ.

ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހެނީ ސެޓްފިކެޓް 3އިން ސިވިކް އެޑިޔުކޭޝަން އެންޑް ލިޑަރޝިޕް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ އަޤީދާ ވަރުގަދަ ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޤައުމިއްޔަތަށް ލޯބިކުރާ ކަންކަމާމެދު ޕްޒިޓިވްކޮށް ވިސްނާ ޒިންމާދާރު ދިވެހިރައްޔިތެއް ބިނާކުރުމެވެ. މި ތަމްރީނު ޕްރޮގްރާމުގައި ދަރިވަރުންނަށް އުނގަންނައިދެވުނު މާއްދާތަކަކީ، ދިވެހި ޤައުމިއްޔަތު ޒިންމާދާރު ރައްޔިތުކަން ލޭންގުއޭޖް ޕްރޮފެސަންސީ ލީޑަރޝިޕް އިސްލާމކް ސްޓަޑީޒް ފިޒިކަލް ޓްރެއިނިންގއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޓްރޭނިންގެ ފުރަތަމަ ބެޗުގައި 108 ރަށަކަށް ނިސްބަތްވާ ދަރިވަރުން ހިމެނެއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *