ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއް) އިން 14 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން މިއަދު ހުޅުވާލިއިރު، މުބާރާތް ފަށަނީ އަންނަ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހެވެ.
އެފްއޭއެމުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ އެ އެސޯސިއޭޝަންގެ އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ކޮށްފައިވާ އެކަޑަމީތަކުން، 11 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ފޯމް ހުށްއެޅުމަށް ދަންނަވަމެވެ.
އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ނުކުރާ އެކަޑަމީތަކުން، މި މުބާރާތުގައި ބައިވެރިވުމަށްފަހު، އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ކުރުމަށް ފުރުސަތު ލިބޭނެދޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.


advertisment
ހިޔާލު