ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢު ދަށުން 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެކަމުގެ ތަފުޞީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީނު ކުރައްވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް މިއަދިޔަ މަހު 12.4 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ކުރީ ބިހޭވިއާ ތެރަޕީއަށެވެ. އެއީ 3.5 މިލިޔަން ރުފިޔާއެވެ.
އެންސްޕާއިން ހާމަކުރި މައުލޫމާތަށް ބަލާއިރު، ފާއިތުވި މަހު 18 އަހަރުން ދަށުގެ 342 ކުއްޖަކަށް 18 އަހަރުން މަތީގެ 17 މީހުންނަށް ތެރަޕިއުޓިކް ފާރުވާ ދީފައިވެއެވެ.
advertisment
ހިޔާލު