މި ހިނގާ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ނިމި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިމުމާއެކު އަހަރީ ޗުއްޓީ މިއަދު ފެށޭނެއެވެ. މިއީ 2021 ވަނަ އަހަރަށްފަހު، ބޮޑު ޗުއްޓީ އަހަރުގެ ކުރީކޮޅު ޖެނުއަރީއަށް ބަދަލުކުރުމަށްފަހު ލިބޭ ފުރަތަމަ ޗުއްޓީއެވެ.
ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރު 180 ދުވަހު ކިޔަވައިދީފައިވެއެވެ. އެއީ ފުރަތަމަ ޓާމުގައި ކިޔަވައިދިން 81 ދުވަހާއި ދެވަނަ ޓާމުގައި ކިޔަވައިދިން 99 ދުވަހެވެ.

ބޮޑުޗުއްޓީއަށްފަހު އައު ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އައު އަހަރު ކިޔައިވައިދޭން މުދައްރިސުން ސްކޫލްތަކަށް ނުކުންނާނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
އައު އަހަރު ސްކޫލު ދުވަހުގެ އަދަދަކީ 199 ދުވަހެވެ. ކިޔަވައިދިނުމުގެ ދުވަހުގެ ގޮތުގައި 160 ދުވަހާއި އިމްތިޙާނުތަކަށް 16 ދުވަހާއި ރިޕޯޓް ފޯމް ތައްޔާރު ކުރަން 10 ދުވަހާއި ޕީޑީ ދުވަހުގެ ގޮތުގައި 7 ދުވަހާއި ކިޔަވައި ނުދޭ ދުވަހުގެ ގޮތުގައި 6 ދުވަހެވެ.

ފުރަތަމަ ޓާމުގެ މުއްދަތަކީ 107 ދުވަހެވެ. ދެވަނަ ޓާމުގެ މުއްދަތަކީ 92 ދުވަހެވެ.
advertisment
ހިޔާލު