ތަޢުލީމީ ވުޒާރާއަށް 93 އަހަރު، ސްކޫލުތަކުން ނުކުތީ ގަސްއިންދަން

Screenshot

ތަޢުލީމީ ވުޒާރާއަށް 93 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސްކޫލްތަކުން ނުކުމެ ގަސްއިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ތަޢުލީމީ ވުޒާރާގެ އަހަރީ ދުވަހަކީ 22 ޑިސެމްބަރެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ ވުޒާރާއެއް އުފެދިފައިވަނީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.

ގަސް އިންދުމުގެ ހަރަކާތް ބައެއް ސްކޫލްތަކުން ކުރިއަށް ގެންދިޔައީ ރާއްޖެ ފެހިކުރަން ސަރުކާރުން އިއުލާން ކޮށްފައިވާ 5މިލިއަން ގަސް ޕްރޮގްރާމާ ގުޅުވައިލައިގެންނެވެ. ގަސް އިންދުމުގައި ސްކޫލްތަކުގެ މުވައްޒަފުންނާއި ދަރިވަރުން ވެސް ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *