37 އަހަރުގެ މެދެކެނޑުމަކަށްފަހު ދިއްގަރު ސުކޫލުގައި ކަބްސްކައުޓާއި ސްކައުޓް ހަރަކާތް ފަށައިފިއެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި ދިއްގަރު ސުކޫލް ރަޖިސްޓްރީވެފައިވަނީ 1988 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ސްކައުޓް ހަރަކާތް އަލުން ފަށައި، ދިއްގަރު ސްކޫލުގެ 34 ސްކައުޓުންނާއި 66 ކަބްސްކައުޓުން ވަނީ ހުވަކޮށްފައިވެއެވެ.
ކަބް ސްކައުޓުންނާއި ސްކައުޓުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮށްދެއްވައި ހުވާ ލައިދެއްވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ އަބްދުﷲ އިސްމާޢީލެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ސްކައުޓް އެސޯސިއޭޝަން އިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަރިވަރުން ތަމްރީނުކޮށްދެއްވީ ސްކައުޓް ލީޑަރ ސޮފީނާޒެވެ.

ދިއްގަރު ސްކޫލްގައި ސްކައުޓް ހަރަކާތް ފެށުމަށް އިސްނެންގެވީ ޕްރިންސިޕަލް ހަމްދިއްޔާއެވެ. ކާމިޔާބު ކަމާއެކު އެ ހަރަކާތް ކުރިއަށް ގެންދެވުނީ، ދިއްގަރު ކައުންސިލާއި ރަށުގެ މުއައްސަސާތާކައި ޖަމިއްޔާތަކާއި، ސްކޫލް ޕީޓީއޭގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް އެ ސްކޫލުން ފާހަގަކަކުރެއެވެ. އަދި ހަމަ އެއާއެކު ބެލެނިވެރިންނާއި، ސުކޫލްގެ މުއައްޒަފުންނާއި ސްކައުޓް ލީޑަރުން ކުރެއްވި މަސައްކަތް ވެސް އެ ސްކޫލުން ފާހަގަކުރެއެވެ.

މި ހަރަކާތުގެ ތެރެއިން ދަރިވަރުންގެ ކިޔެވުމާއި، އަޚްލާޤަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވެސް ދިއްގަރު ސްކޫލުން ބުނެއެވެ.


advertisment
ހިޔާލު