ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް، ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގައި ހިމަނައިފި

 ދުނިޔޭގެ އެންމެ ރަނގަޅު 150 އޮންލައިން އެމްބީއޭ ގެ ތެރޭގައި ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ހިމެނޭ

ވިލާ ކޮލެޖުގެ އޮންލައިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމް ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް ރޭންކިންގ ޕްލެޓްފޯމް ކަމަށްވާ ކިއުއެސް (QS) އޮންލައިން އެމްބީއޭ ރޭންކިންގްސް 2026 ގައި ރޭންކް ކުރެވިއްޖެއެވެ. މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމްދޭ މުއައްސަސާއަކުން ހިންގާ ޕްރޮގްރާމެއް ކިޔޫއެސް ވާރލްޑް ސަބްޖެކްޓް ރޭންކިންގ ގައި ރޭންކް ކުރެވުނު ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 27 ޤައުމެއްގެ  ޔުނިވަރސިޓީތަކުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމްތައް ހިމެނުނު މި ރޭންކިންގސްގައި ދުނިޔޭގެ ނަން މަޝްހޫރު ބިޒްނަސް ސްކޫލްތަކުގެ އޮންލައިން އެމްބީއޭ ތައް ހިމެނިފައިވެއެވެ. މި ރޭންކިންގސްގައި ވިލާ ކޮލެޖް ދަރަޖަކުރެވިފައިވަނީ ޖުމްލަ ރޭންކިންގއަށް ބަލާއިރު ދުނިޔޭގެ ޓޮޕް 150 އޮންލައިން އެމްބީއޭގެ ތެރޭގައެވެ.

"ކްލާސް އެކްސްޕީރިއަންސް" ގެ މިންގަނޑުން ދުނިޔޭގެ އެއްވަނަ ދަރަޖައިގައު ގިންތި ކުރެވިފައި

މި ކާމިޔާބީގައި އެންމެ ފާހަގަކޮށްލެވެނީ، އުނގެނުމުގެ ތަޖުރިބާ ވަޒަންކުރާ "ކްލާސް އެކްސްޕީރިއަންސް" ގެ މިންގަނޑުން، އޭޝިއާ ޕެސިފިކް ސަރަޙައްދުން ދުނިޔޭގެ އެއްވަނަ ރޭންކްގައި ވިލާ ކޮލެޖު ދަރަޖަ ކުރެވިފައިވާ ކަމެވެ. މިއީ އޮންލައިންކޮށް ކިޔަވާއިރުވެސް، ދަރިވަރުންނަށް އެންމެ ފުރިހަމަ އެހީތެރިކަމާއި، އުނގެނުމަށް ފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށް އެ ކޮލެޖުން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއި، ލައިވް ކްލާސްތަކާއި، ކޯހުގެ އެންމެހައި ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކާއި، އަދި ލެކްޗަރަރއިންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތުތައް ފަހިކޮށްދީފައިވާ މިންވަރަށް މި ކެޓަގަރީގައި ބެލިފައިވެއެވެ.

"ފެކަލްޓީ އެންޑް ޓީޗިންގ" އާއި "އެމްޕްލޯޔަބިލިޓީ" މި ދެ ދާއިރާއިން އޭޝިއާ ޕެސިފިކް ސަރަޙައްދުން 12 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައި

="ފެކަލްޓީ އެންޑް ޓީޗިންގ" އާއި "އެމްޕްލޯޔަބިލިޓީ" މި ދެ ދާއިރާއިން އޭޝިއާ ޕެސިފިކް ސަރަޙައްދުން 12 ވަނަ ދަރަޖައިގައި ގިންތި ކުރެވުމަކީ ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމް ވަނީ ގިންތި ކުރެވިފައެވެ. މި ކެޓަގަރީގައި ފެންވަރު ރަގަޅު ލެކްޗަރާއިންގެ އިރުޝާދުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބުމާއި، ދަރިވަރުންނާއި ލެކްޗަރާއިންގެ ނިސްބަތް ހުންނަ މިންވަރު، ފަދަ ކަންތައްތަކަށް ބަލާފައި ވެއެވެ.

އަދި ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނާއި މެދު ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އިތުބާރު ލިބިފައިވާ މިންވަރާއި،  ދަސްވެނިވާ ދަރިވަރުންގެ ޤާބިލްކަމާއި، އަދި މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ މިންވަރަށް ބަލާލެވިފައިވެއެވެ.

ވިލާ ކޮލެޖުގެ އެމް.ބީ.އޭ ޕްރޮގްރާމަކީ ވަޒީފާގައި ތިބެގެނތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެހެން ބައްޓަންކޮށްފައިވާ ޕްރޮގްރާމެކެވެ. އޮންލައިންކޮށް އަދި ކުލާހަށް ހާޒިރުވެގެންވެސް ކިޔެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި  ދަރިވަރުން ކިޔަވަމުންދާނީ  އުނގެނުމުގައި ޝާމިލުވާ ނިޒާމެއްގެ ތެރެއިންނެވެ.

ވިލާ ކޮލެޖަކީ ކިޔުއެސްގެ ރޭޓިނގައި ގައި ހިމެނުނު ރާއްޖޭގެ ފުރުތަމަ މަތީ ތަޢުލީމުދޭ މުއައްސަސާއެވެ. އެގޮތުން އޮންލައިން ލާނިންއާއި އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީއިން ވިލާ ކޮލެޖުވަނީ ފަސްތަރި ޙާސިލްކޮއްފައެވެ. މީގެ އިތުރުންވެސް "ޓައިމްސް ހަޔަރ އެޑިއުކޭޝަން" ގެ "އިމްޕެކްޓް ރޭންކިންގްސް 2025″ ގައި ބައިވެރިވެ، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ވިލާ ކޮލެޖުން އަދާކުރާ ދައުރުވެސް ވަނީ ސާބިތުކޮށްދީފައެވެ. ވިލާ ކޮލެޖުން ވަނީ ވަޒަންކުރެވުނު ހުރިހާ ލަނޑުދަނޑިއަކުންވެސް ދުނިޔޭގެ އެވްރެޖަށް ވުރެ މަތިން ޕޮއިންޓު ހޯދާފައެވެ. އަދި، އެސް.ޑީ.ޖީ 4، އެސް.ޑީ.ޖީ 5، އެސް.ޑީ.ޖީ 16، އަދި އެސް.ޑީ.ޖީ 17 – މި ލަނޑުދަނޑިތަކުން ދުނިޔޭގެ އެންމެ ރަނގަޅު 25 ޕަސެންޓް މުއައްސަސާތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނިފައިވެއެވެ. ޓައިމްސް ހަޔަރ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސްއަކީ އ.ދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޔުނިވަރސިޓީތަކުން އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާތައް އިވެލުއޭޓްކުރާ ގްލޯބަލް ފްރޭމްވޯކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *