ޕްރައިމަރީ ތަޢުލީމު ވަރުގަދަކޮށް، ދަރިވަރުންގެ މެދުގައި ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ މަގުސަދުގައި ބޮއިންގް ކުންފުންޏާއި ރޫމް ޓު ރީޑް ގުޅިގެން ރާއްޖޭގައި “އަރލީ ލާނިންގ”ޕްރޮގްރާމެއް ފަށައިފިއެވެ.
މި ހަރަކާތް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢުއެވެ.
މި ޕްރޮގްރާމްގެ ދަށުން ބޮއިންގްގެ މާލީ އެހީތެރިކަމާއެކު، ރޫމް ޓު ރީޑް އާއި ނޭޝަނަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެން، 15 ކުޑަކުދިންގެ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ފޮތްތައް ޑިޖިޓަލްކޮށާއި، ޕްރިންޓްކޮށް، ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިބަސް ކުރިއެރުވުމަށާއި، ‘އަރލީ ގްރޭޑް ލަރނިންގ’ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ފޮތް ކިޔުމުގެ ވަރުގަދަ ސަގާފަތެއް އުފެއްދުމަކީ ޤައުމީ ތަޢުލީމީ އިސްތިރާޖުގެ މުހިންމު ބައެއް ކަމަށާއި، ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ މި ފޮތްތަކުގެ ސަބަބުން، މަތީ ފެންވަރުގެ އަދަބިއްޔާތާއި ފޮތްކިޔުމުގެ ރަނގަޅު ތަޖުރިބާއެއް ދަރިވަރުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރައިމަރީ ތަޢުލީމު އަދި ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރޫމް ޓު ރީޑް އަކީ ބޮއިންގް ކުންފުނީގެ “ބޮއިންގް ގްލޯބަލް އެންގޭޖްމެންޓް (ބީޖީއީ) އާ ގުޅިގެން ހިންގާ ގްލޯބަލް އެޑިޔުކޭޝަން ނޮން-ޕްރޮފިޓް ޖަމްޢިއްޔާއެކެވެ. މި ޕާޓްނަޝިޕްގެ ދަށުން އެކި ޤައުމުތަކުގެ ސްކޫލުތަކުގައި އަރލީ ގްރޭޑް ލަރނިންގގެ ލިޔެކިޔުން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އެކި ޤައުމުތަކުގެ ބަހުރުވައިން ފޮތް ތައްޔާރުކުރުމާއި، ލައިބްރަރީތައް ތަރައްޤީކުރުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ލިޓްރެސީ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
advertisment
ހިޔާލު