މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

ރ. މަޑުއްވަރީ ސްކޫލް
ރ. މަޑުއްވަރީ ސްކޫލްގެ ދަރިވަރުން ކުލާސްރޫމުގައި މަސައްކަތް ކުރަނީ: ޕްރިންސިޕަލެއް ނެތުމުން އެރަށުގެ ރައްޔިތުން ކަންބޮޑުވޭ. – ފޮޓޯ: މަޑުއްވަރީ ސްކޫލް

މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފިއެވެ.

މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާންކުރީ މި މަހުގެ އަށްވަނަ ދުވަހުއެވެ. ޕްރިންސިޕަލަކު ނެތި އެ ސްކޫލްގައި ކިޔަވައިދެމުންދާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް ސޯލިހު އެ ރަށަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ދަންނަވާފައެވެ.

މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތީ މި އަހަރުގެ މާރޗް މަހުން ފެށިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މަޑުއްވަރީ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.  އެ މިނިސްޓްރީން ބުނީ ޕްރިންސިޕަލްގެ މަގާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރާނެ ކަމަށެވެ. އަދި ޝޯޓް ލިސްޓްކުރާ ފަރާތްތަކާ އިންޓަވިއު ވެސް ކުރާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *