ޤުރްއާން ހިތުދަސްކުރާ ބ. ތުޅާދޫގެ ފުރަތަމަ ޙާފިޡަށް 130،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ނިންމައިފިއެވެ.
ތުޅާދޫ ސްޕޯޓްސް ކްލަބުން ބޭއްވި ގުރުއާން މުބާރާތް ނިންމުމުގެ ޖަލްސާގައި، އެ ކުލަބުގެ ރައީސް ޙުސައިން ރަޝީދު ވިދާޅުވީ އެ އިނާމް ދެނީ، 2030 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ޙާފިޡުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް ކަމަށާއި އެފައިސާ ދޭނީ އެ ކުލަބާއި އެރަށުގައި ގުރުއާން ކިޔަވައިދީ، ތައުލީމަށް ގިނަ ހިދުމަތްތަކެއް ކޮށްދިން މަރުހޫމް އިބްރާހިމް ހުސެންފުޅާއި އަލީ މުހައްމަދު މަނިކުގެ ހަނދާނުގައި ކަމަށެވެ. އެގޮތުން ތުޅާދޫގެ ފުރަތަމަ ޙާފިޡަށް ތުޅާދޫ ސްޕޯޓްސް ކުލަބުން 25،000 ރުފިޔާ، ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އާއިލާގެ ފަރާތުން 25،000 ރުފިޔާ، އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50،000 ރުފިޔާގެ އިތުރުން ތުޅާދޫގެ ތައުލީމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުހައްމަދުމަނިކު (އެދުރުބެ) ކަރަންކާއާގެ / ބ.ކުޑަރިކިލު ގެ ހަނދާނުގައި 30،000 ރުފިޔާ ހުށައަޅާފައިވާ ކަމަށެވެ.
ތުޅާދޫ ސްޕޯޓްސް ކްލަބުން ބޭއްވި ގުރުއާން މުބާރާތް ނިންމުމުގެ ޖަލްސާގައި، އެކަން އިއުލާނުކުރަމުން ބުނި ގޮތުގައި، މި ބޮޑު އިނާމު ދޭނީ ކުރިއަށް ފަސް އަހަރުގެ ތެރޭގައި ގުރުއާން ހިތުދަސްކުރާ އެންމެ ފުރަތަމަ މީހާއަށެވެ.
އެ އިނާމު ހުށަހެޅީ ތުޅާދޫ ކްލަބުންނާއި އެރަށުގައި ގުރުއާން ކިޔަވައިދީ، ތައުލީމަށް ގިނަ ހިދުމަތްތަކެއްކޮށްދިން މަރުހޫމް އިބްރާހިމް ހުުސެންފުޅާއި އަލީ މުހައްމަދު މަނިކުގެ ހަނދާނުގަ އެވެ.ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމުގެ ގޮތުން ވަރަށް ފަހުން ވަނީ، ހދ. ނޮޅިވަރަމާއި އއ. ތޮއްޑު އާއި ބ. އޭދަފުށީގައި ވެސް މި ފަދަ އިނާމު ހުށަހަޅާފަ އެވެ. އެކަމަކު އެއިން ކޮންމެ ރަށަކުން ވެސް ހުށަހަޅާފައިވަނީ 50،000ރ. އިނާމެކެވެ.
ތުޅާދޫ ސްޕޯޓްސްގެ ފަރާތުން އަންނަނީ ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި އެ ކުލަބުގެ ފަރާތުން ބައިވެރިވި ދަރިވަރުން ވަނީ ރަނގަޅު ކާމިޔާބީއެއް ވެސް ހޯދާފައެވެ.
advertisment
ހިޔާލު