ވީއައިއެޗްއެސްގައި ޗައިނީޒް ބަސް ކިޔަވާ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ޗައިނާއަށް

ވީއައިއެޗްއެސްގައި ޗައިނީޒް ބަސް ކިޔަވާ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި ޗައިނާއަށް ހިނގެއްޖެއެވެ.

ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ޗައިނާގެ ޗަންގްޝާ ސިޓީއަށް ކުރާ އެކްސްޕޯޝަރ ޓްރިޕަށް ރޭ ފުރާފިއެވެ. ވިލާ ކޮލެޖްގެ ޗައިނީޒް ލެންގުއޭޖް ސެންޓަރުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ދަތުރު ކުރިއަށް ގެންދަނީ ހުނާން މާސް މީޑިއާ ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޮލެޖާ ގުޅިގެންނެވެ. މި ތަޖުރިބާ ދަތުރުގައި 20 ދަރިވަރުންނާއި، ދެ ޓީޗަރުން ބައިވެރިވެއެވެ. މި ދަތުރު ކުރިއަށް ގެންދަނީ ދަރިވަރުންގެ ޘަޤާފީ ވިސްނުމާއި، ބަހުގެ ހުނަރާއި، ބައިނަލްއަޤްވާމީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

މި ދަތުރުގައި ދަރިވަރުން ޗައިނާގެ ސަގާފަތާއި ސަގާފަތް ދަސްކޮށް، ތާރީހީ އަދި ސަޤާފީ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް، އާސާރީ ސިޓީތަކުގެ މުހިންމު ބިނާތައް ބަލާލުމުގެ އިތުރުން ހޭންޑް އޮން ލާނިން ހަރަކާތްތަކުގައި ބައިވެރިވާނެ އެވެ.


މި ދަތުރުގެ ސަބަބުން އެ މީހުންގެ ގްލޯބަލް ޕާސްޕެކްޓިވް ފުޅާވެ، ކްރޮސް-ކަލްޗަރަލް ކޮމިއުނިކޭޝަން އިތުރަށް ފުޅާވެ، ޒަމާނީ ޑިޖިޓަލް ތަޖުރިބާތަކުގެ ތެރެއިން ކްރިއޭޓިވިޓީއަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވ ވީއައިއެޗްއެސްއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *