ތޮއްޑޫ ސްކޫލްގައި ގުރޭޑް 11 އަށް ކިޔަވާ ދަރިވަރުންގެ ޚަރަދުތައް އެރަށު ކައުންސިލުން ހަމަޖައްސަނީ

ތޮއްޑޫ ސްކޫލް
ތޮއްޑޫ ސްކޫލްގެ ދަރިވަރން: މިއަހަރުން ފެށިގެން މަތީ ސާނަވީއަށް ކިޔަވައިދޭނެ

އއ. ތޮއްޑޫ ސްކޫލްގައި ގުރޭޑް 11 އަށް ކިޔަވާ ދަރިވަރުންގެ ޚަރަދުތައް އެރަށު ކައުންސިލުން ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ތޮއްޑޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމީ، އެރަށު ސްކޫލްގައި މި އަހަރު އެގާރަ އުފެއްދުމާ ގުޅިގެން ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުންނެވެ. ތޮއްޑޫ ކައުންސިލުން ދެކޭ ގޮތުގައި ކައުންސިލުގެ އެ  ނިންމުމުގެ ސަބަބުން އޯލެވެލް ނިންމި ގިނަ ދަރިވަރުން އެ ސްކޫލުން ކިޔެވުމަށް ޝަޢުޤުވެރިވާނެއެވެ.

ތޮއްޑޫ ސްކޫލުން މި އަހަރު 19 ދަރިވަރަކު އޯލެވެލް ނިންމާފައިވާއިރު، އޭލެވެލް ކިޔަވާ ހުރިހާ ދަރިވަރުންނަށް އެލަވަންސެއް ދޭން ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ރަށުން ބޭރުން އަންނަ ދަރިވަރުން ތިބުމަށް އެކޮމަޑޭޝަނާއި ކެއުން ވެސް ދޭން ވަނީ ނިންމާފައެވެ.

ތޮއްޑޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގުރޭޑް 11ގައި ކިޔަވަން ޝައުގުވެރިވާ ދަރިވަރުން ކައުންސިލަށް ހުށަހެޅުމުން އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ދެހާހެންހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ތޮއްޑޫ ސްކޫލްގައި މިހާރު ކިޔަވައިދެމުން ގެންދަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ. އެ ސްކޫލްގައި 397 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *