ގުރޭޑް 1އާއި 2ގެ ކުދިންނަށް އަމާޒުކޮށް މޫސަގެ ވާހަކަ ސީރީޒް "ދޮންކޮ" ނެރެފި

ގުރޭޑް 1އާއި 2ގެ ކުދިންނަށް އަމާޒުކޮށްގެން ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު ލިއުއްވި ވާހަކަ ސީރީޒް "ދޮންކޮ" މިއަދު ނެރެފިއެވެ.

"ދޮންކޮ" ސީރީޒްގައި ހިމެނޭ ފަސް ފޮތް ނެރެދެއްވީ ސިޓްރޮންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ.

މޫސަގެ "ދޮންކޮ" ސީރީޒްގެ ފަސް ފޮތެއް ހިމެނެއެވެ. އެއީ "ދޮންކޮ އާއި އެދުރުބެ"، "ކެތީގެ ބޮޑު ތޫފާން"، "ކަމަނަގެ ކަޅު ލައް"، ކަނޑު ވިގަނި"ގެ އިތުރުން "އިއައްކަ"އެވެ.

ނޫސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ލިބިވަޑައިގެންފައިވާ މޫސަ ވިދާޅުވީ، ދޮންކޮގެ ސީރީޒްގައި ހިމެނޭ ކޮންމެ ކެރެކްޓަރަކާއި ކޮންމެ ވާހަކައެއް ވެސް ގެނެސްދީފައިވާނީ ދިވެހި ވެއްޓާއި ދިވެހީންގެ އާދަކާދަތައް ހިމަނައިގެން ކަމަށެވެ.

މީގެ ކުރިން ދިގު ތިން ވާހަކަ ލިޔުއްވާފައިވާ މޫސަ ވިދާޅުވީ، މިއީ އޭނާގެ އުއްމީދީ ފެށުމެއް ކަމަށާއި "ދޮންކޮ" ކެރެކްޓަރު އެކި އުމުރުފުރާތަކަށް ޑިވެލޮޕްކޮށް، ދިގު ވާހަކަތައް ވެސް ނެރެން ނިންމާފައިވާ ކަމަށެވެ.

"މިއީ ދުވަސްވީ މަސައްކަތެއްގެ އުއްމީދީ ފެށުމެއް" ދޮންކޮ ސީރީޒް ލިޔުއްވުމާއި ޗާޕްކޮށް ބާޒާރަށް ނެރެން ހޭދަކުރެއްވި 11 އަހަރަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވިއެވެ.

ދޮންކޮ ސީރީޒްގެ ފޮތެއް ވިއްކަނީ 65ރުފިޔާއަށެވެ. ސީރީޒް އެއްކޮށް ގަންނަނަމަ 315ރުފިޔާ ލިބެއެވެ. ފޮތް ގަންނަން ބޭނުންވާ 7335353 އަށް ވައިބާ ކުރުމުން ފޮތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *