ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ހަމަޖައްސައި، 2027 ވަނަ ދިރާސީ އަހަރުން ފެށިގެން ބޭނުންކުރާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލުގެންނަން ނިންމައިފިއެވެ.
ޔުނިފޯމަށް ގެނައި ބަދަލާގުޅޭ ސާކިއުލާއެއް މިއަދު ސްކޫލްތަކަށް ފޮނުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމް ބަދަލުކުރަން ނިންމާފައި ވަނީ ފެއްސާއި ރަތާއި ހުދުގެ އިތުރުން ނުލެވެ.
ޔުނީފޯމަށް ގެންނަ ބަދަލުގައި އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ޔުނީފޯމުގެ މަތި ނުވަތަ ގަމީހުގެ ކުލަ ކަނޑައެޅިދާނެއެވެ. ނަމަވެސް ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ގަދަ ނޫ ކުލައިގަ އެވެ.
ރަސްމީ ޔުނީފޯމުގެ އިތުރުން އެކްޓިވިޓީ ޔުނީފޯމަށް ވެސް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ.


advertisment
ހިޔާލު