އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތުގެ ތިންވަނަ ބުރަށް ގަދަ ފަހެއް ހޮވައިފި

އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތުގެ ތިންވަނަ ބުރަށް ދިޔަ ފަސް ބައިވެރިން ހޮވައިފިއެވެ.

ރަސްތަރި ޤުރްއާން މުބާރާތުގައި މި އަހަރު ހަތް ރަށަކުން 54 ފަރާތަކުން ބައިވެރިވެއެވެ.

މި މުބާރާތުގެ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ހޯދި ދިހަ ބައިވެރިން ދެވަނަ ރައުންޑްގައި ބައިވެރިވިއެވެ. ފައިނަލް ރައުންޑަށް ހޮވުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކެވެ.

ފައިނަލް ރައުންޑްގެ ކިޔެވުން މިއަދު ފަށާނެއެވެ.

މި މިބާރާތުގެ ގަދަ ފަހަކަށް ހޮވުނީ:

މަރިޔަމް ހިބާ ހުސައިން / ވިގޯރަސް، ހއ. ދިއްދޫ
ޔައިޝާ ޔާސިރު އިބްރާހިމް / ދޭލިޔާގެ، ހއ. އިހަވަންދޫ
މަރިޔަމް މިދުހާ ހާޝިމް މުހައްމަދު / އަންބަރީގެ، ހއ. އިހަވަންދޫ
އައިޝަތު މައިހާ މާހިރު / ރަށްމެދުގެ، ހއ. އިހަވަންދޫ
އައިޝަތު ރީޝް ނަސީމް / ފިޔަނޫރުވިލާ، ހއ. ދިއްދޫ

މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމަކާއި އުމުރާ ދަތުރެއް ހުށައަޅާފައިވެއެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 6,000 ރުފިޔާ، ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މި މުބާރާތުން އެއްވަނަ ހޯދާ ރަށަކަށް 10,000 ރުފިޔާ، ދެވަނަ ރަށަކަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

ރަސްތަރި ޤުރްއާން މުބާރާތް ބާއްވާތާ މިއީ ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރާއި މި އަހަރު މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް ހުޅުވާލައިގެންނެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ އިހަވަންދޫއަށް ހުޅުވާލައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *