އެމްއެމްއޭ ތަންވީލް "ފިއުޗަރ ފައިނޭންސް އެސޭ ކޮމްޕެޓިޝަން"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ އިސްމާއިލް ޔައީލް ސައިފުﷲ ވަސީމް އާއި އިޒްކާން އަޙްމަދު ޝަރީފު ހޯދައިފިއެވެ.

ޔައީލް އެއްވަނަ ހޯދީ ސީނިއާ ކެޓަގަރީންނެވެ. އޭނާ ލިޔުނު މަޒުމޫނު ބިނާކުރީ އިޒްކާން އެއްވަނަ ހޯދީ ޖޫނިއާ ކެޓަގަރީންނެވެ.

އެވޯޑް ކާމިޔާބުކުރި ޔައީލްގެ މަޒުމޫނު ލިޔުނީ "ވައި މުސްލިމް ފައިނޭންޝަލް އިންވޮލްވްމަންޓް އިޒް ވައިޓަލް އިން އަވަރ އޭޖް"އާ ގުޅޭގޮތުންނެވެ. އެ މަޒުމޫނު އޭނާ ބިނާކޮށްފައި ވަނީ ދެމެހެއްޓެނިވި އަދި ވެލިއު ޑްރައިވިން ފައިނޭންސްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ. އިޒްކާންގެ މަޒުމޫނު ބިނާކުރީ "ފައިނޭންޝަލް ޑިސިޕްލިން ފޯ އަ ޕްރޮސްޕެރަސް ޓުމޯރޯ" އަށެވެ.

ޖޫނިއަރ ކެޓަގަރީން ދެވަނަ ހޯދީ މާޒް މުހައްމަދު ލަޠީފެވެ. އޭނާގެ މަޒުމޫނޫ ލިޔުނީ "ހައު އެތިކަލް ވެލިއުސް ކޭން ޝޭޕް ބެޓަރ ފައިނޭންޝަލް ޑިސިޝަންސް އިން ދަ މޯލްޑިވްސް" އަށެވެ.

ޖޫނިއަރ ކެޓަގަރީން ތިންވަނަ ހޯދީ އަލީ އަތުފާން އާމިރެވެ. އޭނާ މަޒުމުނޫ ލިޔުނީ "ފައިނޭންޝަލް އިންޓެގްރިޓީ: ވައިސް ވެލިއުސް މެޓަރ އިން އަ ޗޭންޖިންގ ވޯލްޑް" އަށެވެ.

ސީނިއާ ބައިން ދެވަނަ ހޯދީ ޢާއިޝަތު ޒާޔާ ހަނީފެވެ. އޭނާ މަޒުމޫނު ލިޔުނީ "އަންވޭވްރިންގ ކޮމްޕާސް: ފައިނޭންޝަލް އިންޓެގްރިޓީ އެންޑް ވައިސް އިޓް އިޒް ދަ ބެޑްރޮކް އޮފް އަ ރެސިލިއަންޓް ގްލޯބަލް އިކޮނޮމީ" މައުޟޫއަށެވެ.

ސީނިއަރ ބައިން ތިންވަނަ ލިބުނީ މުހައްމަދު އަޔާން ރިފުއަތަށެވެ.


advertisment
ހިޔާލު